ads
ބީބީސީ
ތާލިބާނުންނަށް މިނިވަންކަން ލިބުމުގެ ކާމިޔާބު ފާހަގަ ކުރީ ބަޑީގެ އަޑުން
އެމެރިކާގެ އެންމެ ފަހު އަސްކަރީ އުޅަނދު ހާމިދް ކަރުޒާއީ އެއާޕޯޓުން ނައްޓާލި ވަގުތު ތާލިބާނުން އެމީހުންގެ މިނިވަންކަމުގެ ކާމިޔާބު ފާހަގަ ކުރީ ވައިގެ ތެރެއަށް ބަޑީގެ އަޑު ގުގުމާފައެވެ.

އެމެރިކާގެ އެންމެ ފަހު އަސްކަރީ މަތިންދާ ބޯޓު ހާމިދް ކަރުޒާއީ އެއާޕޯޓުން ނައްޓާލި ވަގުތު ތާލިބާނުން އެމީހުންގެ މިނިވަންކަމުގެ ކާމިޔާބު ފާހަގަ ކުރީ ވައިގެ ތެރެއަށް ބަޑީގެ އަޑު ގުގުމާފައެވެ. އެމެރިކާއަށް 2001 އަހަރު ދިން ޓެރަރިސްޓް ހަމަލާއަށް ފަހު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އަފްޣާނިސްތާނަށް އަރައިގަނެ ތާލިބުންގެ ވެރިކަން ނައްތާލިތާ 20 އަހަރަށްފަހު އަނެއްކާވެސް ތާލިބާނުންނަށް ވެރިކަން ލިބުނީއެވެ.

އަފްޣާން ފަސްގަނޑުން އެންމެ ފަހުން ފޭބި އެމެރިކާ އަސްކަރީގެ ކޮމާންޑިން ޖެނެރަލް ކްރިސް ޑޮނަހިޔުގެ ފޮޓޯއެއްވަނީ އެއިޓީންތު އެއާބޯން ކޯޕްސްއިން ޓުވީޓު ކޮށްފައެވެ. މި ބޯޓުގައި އަފްޣާނިސްތާންގައި ހުންނަ އެމެރިކާގެ ސަފީރު ރޮސް ވިލްސަންވެސް ގޮސްފައިވެއެވެ.   

އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ކާބުލް އެއާޕޯޓުން ބޮއެންގް ސީ17 ގްލޯބްމާސްޓަރު 3މަރުކާގެ އަސްކަރީ މަތިންދާބޯޓު ނައްޓާލީ ކާބުލް ގަޑިން މެންދަމު ބާރަޖަހަން އެއް މިނެޓު ވެފައި ވަނިކޮށެވެ. މިކަމާ ގުޅިގެން ތާލިބާނުންގެ ސްޕޯކްސްމަން ޒަބިހުﷲ މުޖާހިދު ބުނެފައިވަނީ އެމީހުންގެ ގައުމަށް ފުރިހަމަ މިނިވަންކަން ލިބުނީ ކަމަށެވެ. އަދި އެއާޕޯޓުގައި މިކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން ސްޕީޗެއްވެސް ދީފައިވެއެވެ. އަދި ތާލިބާނުންގެ އެހެން އިސްލީޑަރެއް ކަމަށްވާ އަނަސް ހައްގާނީ މިކަމުގެ އުފާ ފާޅުކުރަމުން ބުނެފައިވަނީ މިފަދަ ތާރީހީ ކަމެއް ބަލާލުމަކީ އޭނާ ފަހުރުވެރިވާކަމެއް ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް