
އެގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުން އެފަދަ އެއްވެސް ހަރަކާތެއް ހިންގުމަކާ ނުލައި ހަ މަސްދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެގެން ނުވާނެއެވެ.
ގަވާއިދުގައި ބުނަނީ ޑިޕާޓްމަންޓުގެ ދައުރު އަދާކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް އަހުލުވެރިވެފައިވާ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ހޭލުންތެރި އަދި ކުޑަކުދިންނާއެކު މަސައްކަތްކުރުމަށް ހާއްސަ ތަމްރީނާއި ހުނަރާއި އިރުޝާދު ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމުގެ ބޭނުމަށް ތާޒާކުރުމުގެ ޕްރޮގްރާމުތަކާއި އިލްމާއި ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމުތަކާއި މަޝްވަރާ ބައްދަލުވުންތައް ގަވާއިދުން ރާވައި ހިންގަމުން ގެންދަންވާނެ ކަމަށެވެ.
އެގަވާއިދުގައި ވާގޮތުން ތާޒާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމުތަކުގެ ރިކޯޑު ބަލަހައްޓަމުން ގެންދަންވާނެއެވެ. އަދި ބަޔާންކޮށްފައިވާ ރިކޯޑުގައި އަންނަނިވި މަޢުލޫމާތު
ހިމަނަންވާނެ ކަމަށްވެސް ގަވާއިދުގައި ވެއެވެ.
(1 (ޕްރޮގްރާމުގެ ބާވަތް؛
(2 (ޕްރޮގްރާމުގެ މަގުސަދު؛
(3 (ކިޔަވައިދެވުނު ނުވަތަ މަޢުލޫމާތު ދެވުނު ދާއިރާތައް؛
(4 (ޕްރޮގްރާމު ހިންގުނު ތަން؛
(5 (ބައިވެރިވި މުވައްޒަފުން؛
(6 (ނަތީޖާ ހާސިލުކުރެވުނު މިންވަރު؛
(7 (ޕްރޮގްރާމް ހިންގި ތާރީޚާއި މުއްދަތު؛
(8 (ދެން ޕްރޮގްރާމް ހިންގަންޖެހޭ ތާރީޚު.
މި ގަވާއިދުގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރަމުންދާ ގޮތުގެ ތަފުސީލުތައް، ކޮންމެ މަހަކު އެއް ފަހަރު ޑިޕާޓްމަންޓުން
މިނިސްޓަރަށް ފޮނުވަމުން ގެންދަންވާނެ ކަމަށްވެސް ގަވާއިދުގައި ވެއެވެ. އަދި މުވައްޒަފުންގެ ދަތިކަމާއި މުވައްޒަފުންނަށް ހާއްސަ ތަމްރީނުތައް ދިނުމުގައި ދަތިކޮށް
ދިމާވާ ކަންކަން، މިނިސްޓަރަށް ފޮނުވާ ތަފުސީލުތަކުގައިބަޔާންކުރަންވާނެކަމަށާއި، ފަންނީ މާހިރުންގެ އިރުޝާދާއި ލަފާ ހޯދަން ބޭނުންވާ ދާއިރާތައް އެ ތަފުސީލުތަކުގައި ފާހަގަކުރަންވާނެ ކަމަށްވެސް ގަވާއިދުގައި ވެއެވެ.