ads
ރޮނާލްޑޯ (ކ) އަދި އިނގިރޭސި ރާނީ (ވ) ފޮޓޯ:---
އިނގިރޭސި ރާނީ ވެސް ބޭނުންވަނީ ރޮނާލްޑޯ ޖާޒީއެއް
އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތް، މެންޗެސްޓާ ޔުނައިޓާ އަލުން ގުޅުނު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޖާޒީ ހޯދުމަށް އެކްލަބުގައި އެދެފިއެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރާނީ ވަނީ ގަނޑުވަރުގެ ސްޓާފުންގެ މެދުގައި ބެހުމަށް ރޮނާލްޑޯގެ 80 ޖާޒީ ހޯދުމަށް ޔުނައިޓެޑުގައި އެދިފައެވެ. އަދި ހަމައެހެންމެ ރޮނާލްޑޯ ޔުނައިޓެޑަށް އެނބުރި އައިސް ސޮއިކުރާ އެންމެ ފުރަތަމަ ޖާޒީ ހޯދުމަށް ވެސް ރާނީ ވަނީ އެދިފައެވެ. 

އިނގިރޭސި ވިލާތުގެ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މިއީ ރާނީ މީހެއްގެ އޮޓޯގްރާފް ހޯދަން އެދުނު ފުރަތަމަ ފަހަރު ވެސް މެއެވެ. މިހެންކަމުން މިއީ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވެސް ލިބިގެންދާނެ ބޮޑު ޝަރަފެކެވެ. 

އުމުރުން 36 އަހަރުގެ ރޮނާލްޑޯ އެނބުރި ޔުނައިޓޭޑަށް ބަދަލުވުމަށް ހަމަ ޖެހުނީ ޔުުވެންޓަސްއިން ރޮނާލްޑޯ، މެންޗެސްޓަރ ޔުނައިޓެޑުގެ ވާދަވެރި މެންޗެސްޓަރ ސިޓީއަށް ބަދަލުވުމުގެ ވާހަކަތައް އާއްމުވުމާއި އެކު އުފެދުނު ޓްރާންސްފަރ ފޯރީގައެވެ. 

ރޮނާލްޑޯ ޔުނައިޓެޑުން ރިއާލް މެޑްރިޑަށް ބަދަލުވީ 2006 އަހަރުއެވެ. އޭނގެ ފަހުން ދެން އޭނާ ކުޅުނީ އިޓަލީގެ ޔުވެންޓަސްއަށެވެ. ރޮނާލްޑޯވަނީ ޔުނައިޓޭޑާ އެކު ޗެމްޕިއަންސް ލީގާ، ޕްރިމިއަރ ލީގު ކާމިޔާބުކޮށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. 

ރޮނާލްޑޯގެ ޖާޒީއަށް ވަނީ ވަރަށް ބޮޑު ޑިމާންޑެއް އުފެދިފައެވެ. ނަމަވެސް އަދި މިހާތަނަށް އޭނާ ޔުނައިޓެޑުގައި ބޭނުންކުރާނެ ރަސްމީ ނަމްބަރު އިއުލާންކޮށްފައިނުވުމާއެކު ޔުނައިޓެޑުން އޭނާގެ ޖާޒީ ވިއްކަން ފަށާފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި މިފަހަރު ވެސް އޭނާ ބޭނުން ކުރާނީ ކުރިން ވެސް ބޭނުން ކުރި 7 ނަމްބަރު ޖާޒީ އެވެ. މިހާރު ޔުނައިޓެޑުގެ 7 ނަމްބަރު ޖާޒީ ބޭނުން ކުރަނީ އެޑިސަން ކަވާނީ އެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި އެޑިސަން ކަވާނީ ހުރީ 7 ނަމްބަރު ޖާޒީ ރޮނާލްޑޯއަށް ދީ 21 ނަމްބަރު ޖާޒީއަށް ބަދަލުވުމަށް ތައްޔާރަށެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް