ads
ނައިފަރު…ފޮޓޯ/ސޯޝަލް މީޑިއާ
ނައިފަރު ގެޔަކަށް ހަތަރު ލައްކަ ރުފިޔާގެ ކަރަންޓު ބިލެއް!
ޅ ނައިފަރުގެ ގެޔަކަށް ހަތަރު ލައްކަ ރުފިޔާ އަށް ވުރެ މަތީ އަދަދެއްގެ ކަރަންޓު ބިލެއް ފޮނުވައިފިއެވެ.

އެގޭގެ މިދިޔަ މަހުގެ ކަރަންޓް ބިލް ބޮޑުވެ އެ ކަރަންޓް ބިލްގެ ފޮޓޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ފެނަކަގެ ބިލިންގް އެންޑް ސޭލްސް ޑިޕާޓްމެންޓުގެ ހެޑް އަހުމަދު އަލީ، އެކަމާ ގުޅޭގޮތުން ސީއެންއެމްއަށް ވިދާޅުވީ އެ ބިލަކީ އެގޭގެ މީޓަރަކަށް ގެނެސްފައިވާ ބަދަލަކާއި ގުޅިގެން ރީޑިންގ ގެ އަދަދަށް އައި ބަދަލެއްގެ ސަބަބުން އޮޅިގެން ހެދިފައިވާ ބިލެއްކަމަށެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ އެމައްސަލަ ހައްލު ކުރުމަށްފަހު އެގޭގެ ބިލު އަލުން ހަވާލު ކުރުމުގެ މަސައްކަތް ނައިފަރު ފެނަކަ ބްރާންޗުން ކުރަމުން އަންނަކަމަށެވެ.

އޭނާ ވިދާޅުވީ ކަރަންޓު ބިލުތަކުގެ މައްސަލައެއް އުޅޭނަމަ ދެދުވަސް ތެރޭ އެ ބްރާންޗަކަށް ނޫނީ ފެނަކަ ހިއްސާކުރަން އިލްތިމާސް ކުރާކަމަށެވެ.

މީގެ ކުރިން ވެސް މިގޮތަށް ބައެއް ގޭގޭގެ ކަރަންޓު ބިލު “އޮޅިގެން” ބޮޑު ވާ ކަމުގެ ޝަކުވާ އާންމުން ވަނީ ފެނަކަ އަށް ހުށަހާޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް