ފުލުހުންގެ ބުނީ އެ އޮފީސް ތެރޭގައި މާރާމާރީއެއް ހިންގައި މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް މެންދުރު ލިބިފައިވާ ކަމަށެވެ.
އަނިޔާވި މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ. މި މާރާމާރީގައި މަންދީގެ އިތުރުން ކޭޝިއަރަކަށް އުޅޭ ފިރިހެނަކު ވެސް ޒަހަމްވެފައި ވެއެވެ. އެ ދެ މީހުންނަށް ހަމަލާދީފައިވަނީ ޗޭނުގަނޑަކުންނެވެ.
ސީއެންއެމް އަށް އެނގިފައިވާ ގޮތުގައި މިމާރާމާރީ ހިންގާފައިވަނީ ފައިސާއާ ގުޅުންހުރި ކަމެއްގައެވެ.
މަންދީއަކީ އެމްޑީޕީގެ އޮފީހުގެ އިދާރީ ކަންކަމުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.