ސިދާތު ޝްކްލާ އާއި ޝެހެނާޒް ގިލް
ސިދާތުގެ އިންސްޓަގްރާމް ވީޑިއޯއަކަށް ފޭނުންގެ ސަމާލުކަން!
Share
އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހަމުން އައި ތަރި ސިދާތު ޝުކްލާގެ ކުއްލި މަރާއެކު ޓީވީ އިންޑަސްޓްރީގެ އިތުރުން ބޮލީވުޑަށްވެސް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ. އޭނާގެ ފޭނުންނާއި ޓީވީ އިންޑަސްޓްރީގެ ތަރިންގެ އިތުރުން ބޮލީވުޑް ތަރިންވެސް އަންނަނީ ސިދާތުގެ އާއިލާ އަށް ތައުޒިޔާ ފޮނުވާފައެވެ.
Advertisement

ސިދާތުގެ ކުއްލި މަރުގެ ހަބަރު ލިބިގެން ދިޔައީ  ބުރާސްފަތި ދުވހުގެ ހެނދުނުގެ ވަގުތެއްގައި، ހާޓްއެޓޭކެއް  ޖެހިގެންނެވެ. އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސިދާތު ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ މަރުވެފައެވެ. 

ސިދާތުގެ ކުއްލި މަރު ވެގެން ދިޔައީ އާއިލާ އާއި ރައްޓެހިންގެ އިތުރުން އޭނާގެ ފޭނުންނަށް ގަބޫލުކުރަން ދަތިވި  ޚަބަރަކަށެވެ. ކަލާސް ޓީވީން ގެނެސްދިން ސިލްސިލާ ޑްރާމާ "ބަލިކާ  ވަދޫ" އާއި "ދިލް ސޭ ދިލް ތަކް" އިން ބޮޑު މަޝްހޫރުކަމެއް ހޯދުމަށްފަހު، ރިއަލިޓީ ޝޯ "ބިގް ބޮސް 13" ވެސް ސިދާތު ވަނީ ކާމިޔާބުކޮއްފައެވެ. ޓީވީ  އިންޑަސްޓްރީގެ  އިތުރުން  ސިދާތު  ވަނީ  ބޮލީވުޑްގައިވެސް  މަސައްކަތްކޮށްފައެވެ. 

ސިދާތުގެ މަރުގެ ޚަބަރާއިއެކު ސިދާތުގެ އެކި އެކި ވީޑިއޯ އާއި ފޮޓޯތަށް އަންނަނީ ވައިރަލް ވަމުންނެވެ. ގިނަ ބައެއްގެ ލޯބި ލިބިފައިވާ ސިދާތު ޝުކްލާގެ ބޮޑަށް ވައިރަލް ވެފައިވަނީ "ބިގް ބޮސް 13"ގެ ކޮންޓެސްޓެންޓް ޝެހެނާޒް ގިލް އާއި އެކު ނަގާފައިވާ ވީޑިއޯތަކެވެ. ޝެހެނާޒް އާއި ސިދާތު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ. 

މި ދެ ތަރިންނަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދެ ތަރިންނެވެ. އެގޮތުން ސިދާތު، ޝެހެނާޒް އާއި އެކު އެންމެ ފަހުން އިންސްޓަގްރާމުގައި ލޮލް ޖޯޑީގެ ނަމުގައި ޕޯސްޓުކޮއްފައިވާ ވީޑިއޯ އަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. މި ވީޑިއޯގައި ސިދާތު އާއި ޝެހެނާޒްގެ އިތުރުން ގޯރަވް ގޭރާ އާއި ސްނިލް ގްރޯވާ ބައިވެރިވެފައިވެއެވެ. ޗެލެންޖެއް ގޮތަށް ކުރިޔައް ގެންގޮސްފައިވާ މި ގޭމުގައި ޓީމް އޭ ގައި ހިމެނެނީ ސިދާތު އާއި ސްނިލް އެވެ. އަދި ޓީމް ބީ ގައި ހިމެނެނީ ޝެހެނާޒް އާއި ގޯރަވް އެވެ.  މި  ވޯޑިއޯގައި  ދެ  ޓީމުގެ  ދެމެދުގައި  ކުރާ  ޗެލެންޖަކީ  އެއް  ޓީމް  އަނެއް  ޓީމު  ޖޯކެއް  ކިޔައިގެން  ހެއްވާލުމެވެ.  

އެގޮތުން  ފުރަތަމަ  ޖޯކު  ކިޔާފައި  ވަނީ  ސިދާތުގެ  ޓީމުންނެވެ.  އެހެން  ނަމަވެސް  ސިދާތުގެ  ޖޯކުން  ޝެހެނާޒްގެ  ޓީމް  ހެއްވާލެވިފައެއް  ނުވެއެވެ.  ނަމަވެސް  ޝެހެނާޒްގެ  ޖޯކުން  ވަނީ  އިދިކޮޅު  ޓީމް  ހެއްވާލާފައެވެ. 

ސިދާތު  އާއި  ޝެހެނާޒް  އެކުގައި  ފެނިގެން  ދިޔަނަމަވެސް  މި  ދެތަރިން  ލޯބީގެ  ގޮތުން  ގުޅިގެން  އުޅޭކަން  މީޑިއާ  އަށް  ހާމަކޮއްފައެއް  ނުވެއެވެ.  އެހެން  ނަމަވެސް  ޝެހެނާޒް  ވަނީ  މި  ދެ  ތަރިންގެ  ގުޅުމާއި  ބެހޭގޮތުން  ކަރަން  ޖޯހަރު  ކުރި  ސުވާލަކަށް  ޖަވާބު  ދެމުން  ސިދާތު  އެއީ  ފެމެލީ  ކަމަށް  ބުނެފައެވެ. 

ސިދާތުގެ  ކުއްލި  މަރާގުޅިގެން  ޝެހެނާޒްގެ  ބަހެއް  މީޑިއާތަކަށް  މިހާތަނަށް  ލިބިފައި  ނުވާއިރު  ޝެހެނާޒްގެ  ހާލު  ރަނގަޅު  ނޫންކަމަށް  އޭނާގެ  ބައްޕަ  އާއި  ހަވާލާދީ  އިންޑިއާގެ  ނޫސްތަކުގައި  ވަނީ  ރިޕޯޓުކޮއްފައެވެ.  އަދި  މީގެ  އިތުރުން  ޝެހެނާޒް އޭނާގެ  ބައްޕައާ ފޯނުން  ވާހަކަ  ދައްކަމުން  ސިދާތު  މި  ދުނިޔެ  ދޫކޮށް  ދިޔައީ  އެނާގެ  އަތުތެރޭގައި  ކަމަށާއި،  ދެން  އޭނާ  ކީއްތޯކުރާނީ  އަދި  ކިހިނެއްތޯ  ދިރިއުޅޭނީ  ބުނެފައިވާކަމަށް  ޝެހެނާޒްގެ  ބައްޕަ  ބުނެއެވެ.  ސިދާތުގެ  ކުއްލި  ވަކިވުމާއެކު  ޝެހެނާޒަށް ވަނީ  ވަރަށް  ބޮޑު  ޝޮކެއް  ލިބިފައިކަމަށާއި، އޭނާއަށްހޮސްޕިޓަލުގައި  އެޑްމިޓް  ކޮއްގެން  ފަރުވާދެމުން  އަންނަ  ކަމަށްވެސް  މީޑިއާ  ރިޕޯޓުތައް  ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް