ads
މަނީ ހެއިސްޓްގެ ޕޯސްޓަރެއް…
މަނީ ހެއިސްޓްގެ ފަހު ސީޒަން މިއަދު ދައްކަން ފަށަނީ!
ގިނަ ބަޔަކު ބަލާލަން އިންތިޒާރު ކުރަމުން އަންނަ ކާމިޔާބު ސީރީޒް “މަނީ ހެއިސްޓް”ގެ ފަހު ސީޒަން މިއަދު ނެޓްފްލިކްސް ގައި ސްޓްރީމްކުރަން ފަށާނެއެވެ.

ސީރީޒްގެ ފަހު ސީޒަންގެ ޕްރޮމޯޝަންތައް ފޯރީގައި ޖައްސަމުން އައި މީގެ ދުވަސްކޮޅެއް ކުރިން  ޝައުގުވެރި ޓްރެއިލާއެއް ވެސް ވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

އެ ޓްރެއިލާ އިން ހާމަވިގޮތުގައި ބެލުންތެރިން ހައިރާންވާ ފަދަ މަންޒަރުތަކެއް ސީރީޒުން ފެންނާނެ ކަން ކަށަވަރުވިއެވެ. މާދަމާ ދައްކަން ހަމަޖެހިފައިވަނީ ސީރީޒް އެއް ބައެވެ. އިތުރު ބައެއް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ދައްކާނެއެވެ.

މިފަހަރު ސީޒަންގައި މުހިއްމު މަންޒަރުތަކެއްގެ ގޮތުގައި ފެނިގެންދާނީ އަލްވާރޯ ހައްޔަރުކޮށް އޭނާ އަށް އެކި އަނިޔާތައް ކުރާ މަންޒަރެވެ. އަދި އިންސްޕެކްޓަރު އެލީސިޔާ ސިއެރާގެ ފަރާތުން އެކި ވަރުގެ އަނިޔާތައް އަލްވާރޯ އަށް ލިބޭ ތަން އެންމެ ފަހުގެ ޓްރެއިލާއިން ވެސް ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

އެލެކްސް ޕީނާ ހަދާފައިވާ އެ “މަނީ ހެއިސްޓް”އަކީ ސްޕެނިޝްގެ ޑްރާމާ ސީރީޒެކެވެ. 

އެ ޑްރާމާގެ ސީޒަން ތަކުން ފެނިގެންދިޔައީ މާސްކު އަޅައިގެން ތިބި ވަގުން ތަކެއް މޮޅެތި އުކުޅުތައް ބޭނުންކޮށް ވައްކަން ކުރާ މަންޒަރާއި އެމީހުން ވައްކަން ކުރަން އުޅުމުގައި ދިމާވާ އެކި ކަހަލަ ހާދިސާތަކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް