ads
ރަންވީރު ސިންގް--
ރަންވީރު މިގޮތަށް ހެދުން އަޅާފައި ހުއްޓާ ފެނިގެން ކުއްޖަކު ރޮއެފި
ބޮލީވުޑުގެ މަޝްހޫރު ތަރި ރަންވީރު ސިންގެ ހެދުން އެޅުމުގެ ސްޓައިލް ތަފާތު ވާހަކައަކީ އެންމެން ވެސް ދައްކާ ވާހަކައެކެވެ. ތަފާތު ފާޑުކިޔުންތައް އަމާޒުވިޔަސް އެކަމަށް އޭނާ މާބޮޑު ސަމާލުކަމެއް ނުދެއެވެ.
ބޮލީވުޑުގެ މަޝްހޫރު ތަރި ރަންވީރު ސިންގެ ހެދުން އެޅުމުގެ ސްޓައިލް ތަފާތު ވާހަކައަކީ އެންމެން ވެސް ދައްކާ ވާހަކައެކެވެ. ތަފާތު ފާޑުކިޔުންތައް އަމާޒުވިޔަސް އެކަމަށް އޭނާ މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ދާދި ފަހުން ރަންވީރު މުމްބާއީގެ މަގުމައްޗަށް ނިކުތީ ވަރަށް ތަފާތު ކޮށެވެ. ގިނަ ބައެއްގެ ލޯތައް ރަންވީރަށް ހުއްޓުނުއިރު އޭނާ ހުރީ ކަލުލަށް ވުރެ ދިގު، ގަޔަށް ދޫ އޮރެންޖް ކުލައިގެ ހުޑީއެއްގަ އެވެ.

މަޝްހޫރު ފަންނާނުން ފެނުމުން އެމީހުން ކޮންމެ ގޮތަކަށް ހުއްޓަސް ފޮޓޯ ނަގަން އާންމުން ބޭނުން ވެއެވެ. އެގޮތުން ރަންވީރު އެގޮތަށް ހުއްޓާ ފޮޓޯއެއް ނެގުމަށް ފިރިހެނަކު މަޑު ކޮށްލައިގެން ހުރީ އޭނާގެ ދަރިފުޅާއެކު އެވެ. ރަންވީރު ވެސް ވަނީ އެމީހާ ފޮޓޯއަކަށް ބުނުމުން ކައިރިއަށް ގޮސްފަ އެވެ.

އެކަމަކު އެ ކުއްޖާގެ ގައިގާ ރަންވީރު އަތްލުމާއެކު އޭނާއާ ދިމާލަށް ބަލާލުމަށް ފަހު ކުއްޖާ ރޯން ފެށިއެވެ. ބިރުގަނެގެން އެ ކުއްޖާއަށް ރޮވުން ފަދަ ގޮތަކަށް އެކުއްޖާގެ މޫނު މަތީގެ ކުލަވަރު ހުރިއިރު އެ ވީޑިއޯ މިވަނީ ސޯޝަލް މީޑިއާގައި އާންމުވެ އެކަމަށް ގިނަ ބަޔަކު ޖޯކު ޖަހާފައެވެ.

ވަރަށް ގިނަ ބަޔަކު އެއްވެފައި އޮތް ސަރަހައްދެއްގައި އެކަން ހިނގާދިޔައިރު ކުއްޖާއަށް ރޮވޭ ގޮތެއް ހަދާލުމާއެކު ރަންވީރު ވަނީ އަވަހަށް ކާރަށް އަރާފައެވެ.
View this post on Instagram

Lil kiddo got scared of i Baba 🙄🤔

A post shared by Viral Bhayani (@viralbhayani) on


ގުރާފެހި ކުލައިގެ ބޫޓަކަށް އަރާފައި އޭނާ ހުރީ އައިނެއް ވެސް އަޅައިގެންނެވެ. ގިނަ ބަޔަކު ރަންވީރުގެ އެ ސްޓައިލް ނެގީ މަޖާ ކޮށެވެ.

އެފަދަ ގޮތަކަށް ރަންވީރު ފެނުމަކީ ހައިރާންވާން ޖެހޭ ވަރު ކަމެއް ނޫނެވެ. އެއީ އެވޯޑު ހަފުލާތަކަށް ދިއުމުގެ އިތުރަށް ވެސް އެހެން ދޭތެރެއަކުން ބޭރަށް ނުކުންނައިރު ވަރަށް ތަފާތު ސްޓައިލުތަކުގައި އޭނާ ފެނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް