ބައެއް މީހުންނަށް ގޭހުގެ އުނދަގޫވެ ކުދި ބަލިތައް ތަހައްމަލު ކުރަން އެބަޖެހެއެވެ. ގޭސްޓްރިކްގެ އުންދަގޫ ގިނަ ދިވެހިންނަށް ވެސް ތަޖުރިބާ ކުރަން ޖެހިފައިވާ އިރު މި މައްސަލަ ހައްލު ކުރުމަށް ކޮންމެ ދުވަހަކުވެސް ބޭނުންކުރެވިދާނެ އެއްޗެހި އެބަ ހުއްޓެވެ.
އިނގުރާއި ކާފޫރުތޮޅި
އިނގުރަކީ ގޭސްޓްރިކްގެ އިތުރުންް ހަޖަމްކުރުމުގެ ނިޒާމަަށް ވެސް ރަނގަޅު އެއްޗެކެވެ. މޭޒުމަތީ ސަމްސަލެއްގެ އިނގުރާއި ކާފޫރުތޮޅި އެއްކޮށްލުމަށް ފަހު ހޫނު ފެން ފޮދެއްގެ ތެރެއަށް އަޅައިގެން ބޯލާށެވެ. ފުރާނައިގެން ބޯން ބޭނުން ނަމަ ފުރާނާ ލުމަށް ފަހު ފެން ފޮދު ދުވާލަކު ދެ އިރު ބޯށެވެ. އިނގުރަކީ ބޮލިގު ރިއްސުން ފަދަ ބަލިތަކަށް ވެސް ފަރުވާ އެކެވެ.
ފެނުކެއްކި ބަރަބޯ
ބަރަބޯ އަކީ ގިނަ އަދަދަކަށް ވިޓަމިން އޭ ހިމެނޭ ތަރުކާރީ އެކެވެ. ގޭހުގެ އުނދަގޫތަކަށް ބަރަބޯ މުހިއްމެވެ. ކޮންމެ ދުވަހަކުވެސް ދެތިން ފޮތި ބަރަބޯ ފެނުކައްކާލައިގެން ކާލުމުން ގޭހުގެ އުންދަގޫ ފިލައިގެން ދިޔުމަށް އެހީތެރިވެ ދެއެވެ.
ހޫނު ލުނބޯ ފެން
ގޭހުގެ މައްސަލަ ދިމާވާނަމަ ލުނބޯ ފެން ބޭނުން ކުރެވިދާނެއެވެ. ތާފަނާ ފެނަށް މޭޒުމަތީ ސަމްސާގެ ދެ ސަމްސާ ލުނބޯ ހުތް އެޅުމަށް ފަހު ހުސް ގޮހޮރާ ހުރެ ކޮންމެ ދުވަހަކު ހެނދުނު ބޯލާށެވެ. ގޭހުގެ އުނދަގުލަށް ހައްލު ލިއްބައިދޭނެއެވެ.
އެޕަލް ސައިޑަ ވިނިގާ
އެޕަލް ސައިޑަ ވިނިގާ އަކީ ވަރަށް ގިނަ ފައިދާ އެކުލެވޭ އެއްޗެކެވެ. ގޭހުގެ އުނދަގޫ ވާނަމަ ކޮންމެ ދުވަހަކުވެސް ހެނދުނު ތާފަނާ ފެންތައްޓަކަށް އެޕަލް ސައިޑަ ވިނިގާ ގެ ދެ ސަމްސާ އަޅައިގެން ބޯލަބަލާށެވެ. އެޕަލް ސައިޑަ ވިނަގައިގެ ސަބަބުން ލޭގެ ހަކުރު ދައްކޮށްދީ ބަރުދަން ލުއިކޮށްދެއެވެ.
މި އެއްޗެހި މިއީ އަހަރުމެންގެ ބަދިގެ ތެރެއިން ވެސް ފަސޭހައިން ލިބެން ހުންނަ އެއްޗެހި އެވެ. ވުމާއެކު ކޮންމެ ފަހަރަކު ޑޮކްޓަރު ބޭސް ބޭނުން ކުރުމުގެ ބަދަލުގައި ގޭހުގެ އުނދަގޫތަކަށް ލުޔެއް ލިބޭތޯ މި އެއްޗެހި މިބުނި ގޮތަށް ބޭނުން ކޮށްލަ ބަލާށެވެ.