މާލެ ތެރޭގައި އިންޖީނުގެ ނެތި ބަހައްޓާފައި ހުންނަ އުޅަނދުތައް ކުނީގެ ގޮތުގައި އުކާލެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

Advertisement
މާލެ ތެރޭގައި އިންޖީނުގެ ނެތި ބަހައްޓާފައި ހުންނަ އުޅަނދުތައް ކުނީގެ ގޮތުގައި އުކާލެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ވަނީ އިއްޔެ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގެ ތެރޭގައި އިންޖީނު ނެތި ބަހައްޓާފައިވާ ވެހިކަލްތައް ވެސް އުކާލާފަ އެވެ.
ޓްވީޓާ މެދުވެރިކޮށް ފުލުހުން ވަނީ މާލެ ތެރޭގައި ވެސް އެގޮތަށް ބަހައްޓާފައި ހުންނަ ތަކެތި ކުނީގެ ގޮތުގައި އުކާލާނެކަން އިއުލާނުކޮށްފަ އެވެ. އާންމުކުރި ބައެއް ފޮޓޯތަކުން ފެންނަނީ ބާ ދަނގަޑަށް ވެފައި ހުރި އުޅަނދުތަކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ މާލޭ ހުޅަނގު ދެކުނު ފަރާތުން ހަތް ވަރަކަށް ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކޮށްފައިވާ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދަކީ މާލޭގެ ގުދަންތަކާއި ގަރާޖް އަދި ވޯކްޝޮޕްތައް އެތަނަށް ބަދަލުކުރުމަށް ތަރައްގީ ކުރި ތަނެކެވެ.
އެކަމަކު އެ ސަރަހައްދުގައި ބޭނުން ނުކުރާ ގިނަ އަދަދެއްގެ އުޅަނދު ފަހަރު ޕާކުކޮށް އެތަން ވަނީ ޕާކިން ޒޯނަކަށް ބަދަލުވެފަ އެވެ.
ކުރީ ސަރުކާރުން އެތަން އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށް ހާއްސަކޮށްފައި އޮތް ނަމަވެސް މި ސަރުކާރުން އަންނަނީ އެތަނުގެ ޕްލޭން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.