ads
ފަރެސްމާތޮޑާ އެއާޕޯޓް ރަންވޭ: މިހާރު ހަދަމުންދާ އެއާޕޯޓެއް
ރ.އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓު އެޅުމަށް ސަރުކާރަށް ގޮވާލަނީ
ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ބާރު އެޅުމުގެ ގޮތުން މަސައްކަތްތަކެއް ފަށައިފިއެވެ.
Advertisement

ރ. ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސައިން ސީއެންއެމް އަށް ވިދާޅުވީ އެމަސައްކަތްތައް މިހާރު ކުރަމުންގެންދާކަމަށެވެ.

އެގޮތުން މިމަސައްކަތުގައި ބައިވެރިވަނީ ރ. އަތޮޅުގެ ކިނޮޅަހާއި، ފައިނު، އިނގުރައިދޫ، އިންނަމާދޫ، ރަސްމާދޫ، މާކުރަތު، މީދޫ އަދި މަޑުއްވަރީ ރައްޔިތުންކަމަށް ކިނޮޅަހު ކައުންސިލުން ބުނެއެވެ. ކިނޮޅަހު ކައުންސިލުން ބުނީ ރައީސް އެއަތޮޅަށް ވަޑައިގެން އެސަރަހައްދުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވެފައިވާކަމަށް މީހުން ބުނަމުންދާކަމަށެވެ. އެހެންވެ އެއީ ރަނގަޅު ވާހަކައެއްތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ކަމަށެވެ. އަދި މިއީ މިމަސައްކަތްތަކުގެ ފެށުން ކަމަށާއި މިމަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރ.މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު ވިދާޅުވީ ރައީސް އެސަރަހައްދަށް ވަޑައިގެން އެސަރަހައްދުގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމުގެ އިށާރާތް ކުރިން ދެއްވާފައިވާ ކަމަށެވެ. "އެހެން ވިދާޅުވެފައިވާތީއާއި އަދި ފަހުން އެވާހަކަފުޅު ދައްކަވާފައިނުވާތީ އަޅުގަނޑުމެން މިމަސައްކަތް ކުރަނީ. އަލިފުށީގައި އެއާޕޯޓެއް އަޅާތީއެއްނޫން. އެތަންއޮތުމުންވެސް އަޅުގަނޑުމެންނަށް ފަސޭހަވާނީ. މަސައްކަތް ކުރިއަށް އެބަދޭ. ވޭތުވެދިޔަ ދެރޭ ކްލަބްހައުސްގައި ވެސް މަޝްވަރާ ކޮށްފައިވާނެ" ސޯދިގު ވިދާޅުވިއެވެ. 

މިއަހަރު ކުރީކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު ރ. އަތޮޅުގެ ކައުންސިލްތަކާއި އޮންލައިންކޮށް ބައްދަލުވުމެއް ބޭއްވިއެވެ. އެބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ، އެއަތޮޅުގައި އެއާޕޯޓު އަޅާނެ ވަކި ތަނެއް ނުނިންމަވާ ކަމަށެވެ. އެހެންނަމަވެސް ހުރިހާ ރަށެއްގެ އެންމެނަށް އެންމެ ރަނގަޅު ގޮތަކަށް ނިންމަވާނެ ކަމަށެވެ. 

ރައީސް ސޯލިހު ދާދިފަހުންވަނީ ރ. އަލިފުށީގައި އެއާޕޯޓު އަޅާ ގޮތަށް ނިންމަވާފައެވެ. ކިނޮޅަހު ކައުންސިލުން ބުނީ މިއަދު ފެށޭ މަސައްކަތަކީ ކޮންމެހެން އަލިފުށީގައި އެއާޕޯޓު އަޅަން ސަރުކާރުން ނިންމާފައިވާތީ އެކަމާ ގުޅިގެން ކުރާ ކަމެއް ނޫންކަމަށެވެ. އެހެން ނަމަވެސް އެސަރަހައްދުގައި އެއާޕޯޓެއް އޮންނަން އެދޭތީއާއި ރައީސް އެގޮތަށް ވިދާޅުވެފައިވާތީ ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ. 

ރައީސް ސޯލިހުގެ ކެމްޕޭން ތެރޭގައި އެކިއަތޮޅުތަކަށް ވަޑައިގެން ގިނަ ވައުދުތަކެއް ވަނީ ވެވަޑައިގެންފައެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް