ads
ބޮލޫ ލޮބްސްޓާ ' ނޫ އިހި'
ނޫކުލައިގެ އިއްސެއް ދުށިންތަ: މިއީ ދެ މިލިއަނުން އެކަތި
ވަރަށް ނުފެންނަ ނޫކުލައިގެ އިއްސެއް ސްކޮޓްލޭންޑްގެ މަސްވެރިޔަކު ހޯދައިފިއެވެ.

ނޫކުލައިގެ އިއްސަކީ ދުނިޔޭގައި އެންމެ ނުފެންނާނެ ކަމަށް ބުނާ ބާވަތުގެ އިއްސެވެ. ބުނެވޭ ގޮތުގައި މިފަދަ އިއްސެއް ފެންނާނީ ކޮންމެ މިލިއަނަކުން އެކައްޗެވެ.

އެމެރިކާގެ  ރިސާޗް ޑިރެކްޓަރެއް ކަމަށްވާ ޑޮކްޓަރ ރޮބާޓް ބެޔަ ބުނެފައިވާ ގޮތުގައި، މިފަދަ ކަމެއް ވާނެ އިރެއް އެކަކަށް ވެސް ބުނާކަށް ނޭނގޭނެއެވެ . ޔުނިވާސިޓީ އޮފް މާނެއި ލޮބްސްޓަ އިންސްޓިޓިއުޓް އިން ބުނެފައި ވަނީ މިފަދަ އިއްސެއް ފެންނާނީ ދެ މިލިއަނުން އެކަތި ކަމުގައެވެ. ދުނިޔޭގެ ބާޒާރުގައި މިބާވަތުގެ އިއްސެއްގެ އަގު އާންމު ގޮތެއްގައި އުޅެނީ ފައްސަތޭކަ އެމެރިކާާ ޑޮލަރަށެވެ. އެއީ 7730 ދިވެހި ރުފިޔާއެވެ. 

އިނގިރޭސި ވިލާތުގެ ކޭމްބްރިޖްޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑޭވިޑް ސްޕެގެލްޓަރ ބުނާ ގޮތުގައި އަހަރެއްގެ މައްޗަށް ދުއިސައްތަ މިލިއަން އިހި ހިފާނަމަ އޭގެ ތެރޭގައި ސަތޭކަ ނޫކުލައިގެ އިހި އޮތުން ގާތް ކަމަށެވެ.

ކަން މިހެން އޮއްވައި ސްކޮޓްލޭންޑްގެ ސާޅީސް ހަތް އަހަރުގެ މަސްވެރިޔަކު މިވަނީ ނޫކުލައިގެ އިއްސެއް ހިފާފައެވެ. އޭނާވަނީ އޭނާގެ ފޭސް ބުކް އެކައުންޓުގައި މި އިހީގެ ފޮޓޮތައް ހިއްސާ ކޮށް ފައެވެ. އަދި މި ފޮޓޯތަކަށް އަންނަނީ ގިނަ އަދަދެއްގެ މީހުންގެ ސަމާލުކަން ލިބެމުންނެވެ. މި ފޮޓޯތަކަށް ކޮމެންޓް ކުރަމުން ގިނަ އަދަދެއްގެ މީހުން އަންނަނީ މިއިހި މީހުންނަށް ފެންނާނެ ހެން ފްރޭމް ކުރުމަށް ބުނަމުންނެވެ. އެހެނީ މި ބާވަތު އިއްސަކީ ދުނިޔޭގައި ވަރަށް މަދުން ނޫނީ ނުފެންނާނެ އިއްސެކެވެ.

your imageރިކީ އޭނަ ހިފި ނޫކުލައިގެ އިއްސާއި އެކު

މި ބާވަތުގެ އިހީގެ ހާއްސަ ކަމަކީ މި ބާވަތުގެ އިހިން އެހެން ބާވަތުގެ އިހިން އުފައްދާވަރަށް ވުރެ އިތުރަށް ޕްރޮޓީން އުފައްދައި، އަދި މި އުފައްދާ ޕްރޮޓީންސް އަކީ އެހެން އިހި ތަކުން އުފައްދާ ޕްރޮޓީންސްތަކާ ތަފާތު ޕްރޮޓީން އެއްކަމަށް ވެސް ބުނެއެވެ.

ނޫކުލައިގެ އިހީގެ އިތުރުން ރީނދޫކުލައިގެ އިއްސާއި އަލްބީނޯ ކްރިސްޓަލް އިއްސަކީވެސް ވަރަށް ނުފެންނަ ބާވަތް ތަކެއްގެ އިއްސެވެ. ބުނެވޭގޮތުގައި ރީނދޫ ކުލައިގެ އިއްސެއް ފެންނާނީ ކޮންމެ ތިރީސް މިލިއަން އިހިން އެކައްޗެވެ. އަދި އަލްބީނޯ އިއްސެއް ފެންނާނީ ކޮންމެ ސަތޭކަ މިލިއަން އިހިން އެކަތިކަމަށް ވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް