ads
ސާރާ އަލީ ހާން ރާއްޖޭގައި-
ސާރާ މިއޮތް އުޅެނީ ރާއްޖޭގައި!
ބޮލީވުޑްގެ އަރަމުން އަންނަ ތަރި ސާރާ އަލީ ހާން އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ.

ހޯމަ ދުވަހު ރާއްޖެ އައުމަށް ފަހު ސާރާ އަންނަނީ ސޯޝަލް މީޑިއާގައި ރާއްޖޭގެ ރީތީ ގޮނޑުދޮށް ފޭނުންނާ ހިއްސާކުރަމުންނެވެ. މިއަދު ހެދުނު ސާރާ ވަނީ ފަތިހު ފަތިހާ ހޭލާ މޭޑިޓޭޓް ކުރާ މަންޒަަރު ވެސް ފޭނުންނާ ހިއްސާކޮށްފައެވެ. 

your imageސާރާގެ އިންސްޓަގްރާމް ސްޓޯރީގެ ސްކްރީންޝޮޓެއް-

މީގެ ދުވަސްކޮޅެއް ކުރިން ސާރާ އަދި މަންމަ އަމްރިތާ ސިންގް ވަނީ މަމްބާއީގެ އެއާޕޯޓަކުން ނޫސްވެރިންނަށް ފެނިފައި ވެއެވެ. 

މިއަހަރުވެސް ސާރާ ދެފަހަރު ރާއްޖެ އައިސްފައިވާއިރު ދެ ފަހަރުވެސް ރާއްޖެ އަައިސްފައިވަނީ މަންމަ އަމްރިތާ އާ އެކުއެވެ. އަދި އެއް ފަހަރު މަންމަ އާއެކު ކޮއްކޮ އިބްރާހީމްވެސް ރާއްޖެ އައެވެ.

ދެހާސް އަށާރަ ވަނަ އަހަރު ނެރުނު "ކެދަރުނާތު" އިން ބޮލީވުޑަށް ތައާރަފްވި ސާރާގެ ގިނަ މަސައްކަތްތަކެއް ކުރިއަށް އެބަ ހުއްޓެވެ.

އެންމެ އަވަހަށް އަކްޝޭ ކުމާރާއި އެކު ކުޅެފައިވާ ފިލްމު "އަތުރަންގީ ރޭ" ރިލީޒްވާން އޮތް އިރު ސާރާ މިވަނީ "ނަކްރޭވާލީ" ކިޔާ ފިލްމަކަށް ވެސް ސޮއިކޮށްފައެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް