ads
މީހަކު ހަންގަނޑު އެކްފޮލިއޭޓް ކުރަނީ--
ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ކުރެވިދާނެ ބައެއް ފަސޭހަ ކަންތައް
މޫނުމަތި ރީތިކޮށް އޮމާންކޮށް ބެހެއްޓުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެ އެވެ. މޫނުމަތި ރީތިކޮށް ހުރުމުން މީހާ އަކީ ރަނގަޅު ސިއްހަތެއްގައި ހުރި މީހެއް ކަން ފެނިގެންދެއެވެ.

މޫނުމަތި ރީތިކޮށް ބަހައްޓަން އެހާ ބައިވެރި މަސައްކަތެއް ކުރާކަށެއް ނުޖެހެއެވެ. ވަރަށް ކުޑަ މަސައްކަތަކުންވެސް މޫނުމަތި ރީތިކޮށް ބެހެއްޓިދާނެއެވެ. 

އެގޮތުން މޫނުމަތީ ހަންގަޑު ރީތިކޮށް ބެހެއްޓުމަށް ދުވާލަކު ދެ ފަހަރު ރަނގަޅަށް މޫނު ދޮވެލަން ވާނެ އެވެ. އެއީ ހެދުނު އެއް ފަހަރު ރޭގަނޑު އެއްފަހަރެވެ. 

އަދި މޫނުގައި ހުންނަ ތެޔޮ ފަދަ އެއްޗެހި ސާފްކުރުމަށް ރަނގަޅު ހަންގަޑާ ގުޅޭ ރަނގަޅު ކްލީންސާއެއް ބޭނުން ކުރެވިދާނެއެވެ. 

އެއަށް ފަހު ރަނގަޅު މޮއިސްޗަރައިޒާއެއް މޫނުގައި ހާކާލާށެވެ. މޫނުގައި ބޮޑީ ކްރީމް ހޭކުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. 

އަދި އާންމުކޮށް ހަންގަނޑު އެކްސްފޮލިއޭޓް  ކުރުމަކީ މަރުވެފައިވާ ހަންގަނޑު ނެއްޓި، ހަންގަނޑު ސާފުވާ ކަމެކެވެ. 

ރަނގަޅަށް ނިދުމަކީވެސް ރީތި ހަންގަނޑަކަށް ވަރަށް މުހިއްމު ކަމެކެވެ. އޭގެ ސަބަނުން ހަންގަނޅު ނެއްޓުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ. 

މޫނު މަތީ ހުންނަ ޕިމްޕަލްސް ތަކުގައި އަތްލައި ނުފަޅާށެވެ. އެ ހުރި ގޮތަކަށް ބަހައްޓާށެވެ. ނުވެސް އިނގި ހުރެ އެ ގެއްލި ހިނގައިދާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް