
ރަޝިޔާ ސަރުކާރުގެ ނޫހެއް ކަމަށްވާ ސްޕަޓްނިކް އިންޓަނޭޝަނަލް އިން ރިޕޯޓްކުރާ ގޮތުގައި ޒިނިޗެވް ވަނީ އާކްޓިކް ފަރުބަދައެއްގެ މަތިން ކަހާލައިގެ ވެއްޓުނު ކެމެރާމަނެއް ސަލާމަތް ކުރަން ކަނޑަށް ފުންމާލާފައެވެ. ކެމެރާމަން ސަލާމަތް ކުރަން ފުންމާލުމުގެ ތެރެއިން ގަލެއްގައި ޖެހި ޒެނެޗެވްއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.
އެމަޖެންސީގައި އެމީހުން ހެލިކަޕްޓަރުގައި ހޮސްޕިޓަލަށް ގެންދެވުނު މަގުމަތީ ދެމީހުންވެސް ވަނީ މަރުވެފަވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޒިނިޗެވް މަރުވީ "އޮން ސޭވިން އާކްޓިކް ޒޯން ފްރޮމް އެމަޖެންސީސް" ނަމަކަށް ކިޔާ ޑްރިލް އެއްގެ ތެރެއިންނެވެ.
ޒިނިޗެވް އަކީ 1987 ވަނަ އަހަރުން ފެށިގެން ރަޝިޔާ ސަރުކާރަށް ހިފުމަތް ކުރެއްވި މީހެކެވެ. އޭނާ އަދާކުރި މަގާމުތަކުގެ ތެރޭގައި ރަޝިޔާގެ އޮންނަ ނުފޫޒް ގަދަ ފެޑަރަލް ސެކިއުރިޓީ ސާވިސް(އެފްއެސްބީ)ގެ ޑެޕިއުޓީ ޑިރެކްޓަރުކަން ވެސް ހިމެނެއެވެ.