ads
ދިރާގު އޭ. ޑީ. އެސް. އެލް ކަނެކްޝަންތައް ދިރާގު ހައި ސްޕީޑް ފައިބަރ ޚިދުމަތައް ބަދަލު ކޮށްލުން މުޅިން ހިލޭ
ދިރާގު އޭޑީއެސްއެލް ކަނެކްޝަންތައް ދިރާގު ހައި ސްޕީޑް ފައިބާއަށް ބަދަލުކޮށްލުން ހިލޭ
ދިރާގުން އެ ކުންފުނީގެ އޭޑީއެސްއެލް ހިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް އޮކްޓޯބަރު 2021 ގެ ނިޔަލަށް ހިލޭ ދިރާގު ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑް ހިދުމަތައް ބަދަލު ކުރުމަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއީ އެޑީއެސްއެލް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވޯކާ ހިލޭ ގުޅައިލެވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރ އަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީ ވެސެ ހިލޭ ލިބިގެންދާނެއެވެ. އޭ. ޑީ. އެސް. އެލް ކަސްޓަމަރުން ފަސޭހަކަމާއެކު ފައިބަރ އަށް އަޕްގްރޭޑް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ މައިއެކައުންޓް މެދުވެރިކޮށް ފަސޭހަކަމާއެކު ކޮށްލެވޭނެއެވެ. 

ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ ގިނަ އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކް ވެސް މެއެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ %80 މިހާރު މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ. މީގެ ތެރޭގައި 64 ރަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިމެނެއެވެ.  

ދިރާގުގެ މަގްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަޤީންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް