ads
އާލާގެ ފުށުން ކުޑަކުދިންނަށް ލިބޭ އަނިޔާ ދައްކުވައިދޭ ފޮޓޯއެއް
މަލިކުލަވަ "ކުށަކީ ކޮބާ؟" އަޑުއަހައިފިނަމަ ކަރުނުން ފޯވާނެ
"ދުނިޔެއިން ކުރެވުނު ކުށަކީ ކޮބާ؟، ކުށަކާ ނުލާ ތިޔަލީ މަރާ، ދުނިޔެއަށް އުފަން ވުމީ ކުށަކަށްވަނީ ނަމަ އެކުށައް ސަޒާ މަށައް މިއަދު ލިބިއްޖެ އޭ" ކޮންފަދަ އަސަރު ގަދަ ބަސް ތަކެއްހެއްޔެވެ. ކަރުނަ ހިލޭ ގޮތް ނުވޭ ހެއްޔެވެ. އެފަދައިން އެކުދިންނަށް ހަދަން ހެޔޮ ވާނީ ކިހިނެއް ހެއްޔެވެ؟
Advertisement

މީގެ ހަތަރު ދުވަސް ކުރިން (ކޮމަދޫ އައްޔަ) އަދި (ކުޑަ އިންތި) ލިޔެ ކުޑައިންތި ހަދާފައިވާ ރާގަކަށް މަލިކު މަރުދުރު ގޯތި އަޝްރަފް ( މަލިކު ޝާން)ގެ އަޑުން ކިޔާފައިވާ މި އަސަރުގަދަ ލަވައިން ހަމަގައިމުވެސް ހިތެއް އޮތް މީހަކު ނަމަ ރޯނެއެވެ. ދުނިޔޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްޗަށް ބިނާ ކޮށް އުފައްދާފައިވާ މިލަވަ އަޑު އެހި މީހަކު ނަމަ ހަށިގަނޑުގައި ހިނގާ ލޭ ހެކި ކޮށް ހިތާއި ނަފްސު ކުށްވެރި ކުރާނެ އެވެ.  އެކުދިންނަށް އަހަރެމެންނަށް ވެސް ވަކި ކޮށްދެވުނީ ކޮން ކަމެއްހެއްޔެވެ.

https://youtu.be/LQ6JrAo4lho

ކޮންމެ ކުއްޖަކީވެސް ޅަދުވަހު އުފަލާ އަރާމާއި ލޯބި ބޭނުންވާނެ ކުއްޖެކެވެ. އެއީ ހުރިހާ ބޮޑެތި މީހުންގެ މައްޗަށް އޮތް ވާޖިބެކެވެ. އެކުދިންނަށްއިހުމާލު ވެއްޖެ ނަމަ މާދަމާގެ މުސްތަގުބަލު އެ ހަލާކު ވީއެވެ. ނަމަވެސް ފެނިގެން މިދަނީ އެ މަންޒަރު ހެއްޔެވެ. އެއީ ބޭކާރު ކުއްޖެކޭ ވަކި ކުއްޖަކާ ދިމާލަށް ނުވަތަ ވަކި މީހެއްގެ ދަރިޔަކަށް ނުވަތަ ނިކަމެއްޗެއްގެ ދަރިޔަކަށް ވީތީ ނުވަތަ ހުންނަ ސިފައަކުން އެކުއްޖަކު ބާކީކޮށް ދުނިޔޭގަ އެކުއްޖާ ބިކަ ކޮށް، ދޫކޮށް ލަނީ ކީއްވެގެން ތޯއެވެ. ނުވަތަ އެފަދަ ބޭނުމެއްނެތް ދަރިންތަކެއް އުފަން ތިކުރަނީ ކީއްވެގެން ތޯއެވެ. ހުރިހާ މަންމައިންނާ ބައްޕައިންގެ ފަރާތުން އަހާލަން ޖެހޭ ސުވާލަކީ ދަރިޔަކު ނުވަތަ ކުށެއްނެތް މައުސޫމު ފުރާނައެއްގެ ޒިންމާ ބޮލުގައި ތި އަޅަނީ ކިހިނެއް ވިސްނާފައި ތޯއެވެ. ނުވަތަ އެފުރާނަ ދުނިޔެއަށް އުފަން ތިކުރަނީ ވަކި ކޮން މަގުސަދެއް އޮވެގެން ތޯއެވެ. އެ ދަރިފުޅު ދުނިޔެއަށް ގިނަ ކުރަން ތޯއެވެ. ތިޔަ ކުރަނީ ވެސް ހަމަ ފާފަ ނޫން ހެއްޔެވެ.

your image19 ވަނަ ގަރުނު ކުޑަކުއްޖަކަށް ދީފައިހުރި އަނިޔާ

ކުޑަކުދިންނަށްކުރަމުންދާ އަނިޔާތައް އަންނަނީ ދުވަހެއްދުވަހަކަށް އިތުރުވަމުންނެވެ. ދާދިފަހުންވެސް ރާއްޖޭގައިވަނީ އުމުރުން އަށްއަހަރުގެ ކުޑަ ކުއްޖަކު ރަހުމު ކުޑަ ގޮތަކަށް މަރާލަފައެވެ. އަދި މިމަށްސަލަ ފުލުހުން އަންނަނީ ވަރަށް އިސް ކަމެއް ދީގެން ތަހުގީގު ކުރަމުން ނެވެ . 

މަލިކުގެ މިލަވައަށް މިހާތަނަށް ބޮޑުތަރުހީބެއް ލިބިފައި ނުވިނަމަވެސް މި އަސަރުގަދަ ލަވަ އަޑުއަހާލުން ވަރަށްވެސް މުހިންމެވެ. ކުޑަކުއްޖެއްގެ ވޭނީ އަސަރުން ފުރިގެންވާ އާދޭހެއް ކުރާތީއެވެ. މިފަދަ އަޑަކަށް ބީރުކަންފަތެއްދެވިފައިވެސް ހަމަ އޮވެދާނެތީ ނަފްސު އިސްލާހުކޮށްލުމަށެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް