ads
14 މާޗް 2021، މާލެ، ކޮވިޑް ވެކްސިން ޖެހުމަށް ރައްޔިތުންގެ މަޖިލީހުގައި ގާއިމްކޮށްފައިވާ ވެކްސިން ސެންޓަރުގެ ބޭރުގައި ގިނަބަޔަކު ކިޔޫގައި -- ވަން ފޮޓޯ: މުހައްމަދު އައުޒަމް
އިތުރު 2،000އަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަ ކޮށްފި
ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް އިތުރު 2،499 މީހުން ޖަހައިފި އެވެ.

މިމަހުގެ 8 ވީ ބުދަ ދުވަހު އިތުރު 2،499 މީހަކު ވަނީ ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ، މާލޭ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 1،097 މީހަކާއި އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަކުރި 1،402 މީހެކެވެ. މިހާތަނަށް މުޅި ޖުމްލަ ރާއްޖެއިން 310،592 މީހުން ވަނީ ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަކޮށްފައެވެ. 

ބުދަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ގޮތަށް ބަލާއިރު، އިތުރު 391 މީހަކު ވަނީ ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ، އަތޮޅުތެރޭގެ ރަށްރަށުން އަލަށް ވެކްސިންޖެހި 245 މީހަކާއި، މާލޭ ސަރަހައްދުން އަލަށް ވެކްސިންޖެހި 146 މީހެކެވެ. މިހާތަނަށް މުޅި ޖުމްލަ ރާއްޖެއިން 387،195 މީހުން ވަނީ ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ދެހާހެއްހާ މީހުން އަލަށް ވެކްސިންޖަހާފައިވާއިރު، ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް މިހާރު ވަނީ ބޮޑެތި ލުއިތަކެއްދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް