ads
ފެންބޮޑުވެފައި އޮތް ތަނެއްގައި ނެގި ފޮޓޯތަކަށް އެތައް ބައެއްގެ ސަމާލުކަން
މި ދުވަސްވަރަކީ އިންޑިއާއަށް ވަރަށް ބޯކޮށް ވާރޭވެހެމުން އަންނަ ދުވަސްވަރެކެވެ. އިންޑިއާގެ އުތުރުގެ އުއްތަރް ޕްރަދޭޝް ސްޓޭޓް އަދި ބިހާރް ސްޓޭޓް ގައި ވަރަށް ބޮޑަށް ފެންބޮޑުވެ އެ ސަރަަހައްދުގެ ސްކޫލުތައް ވެސް ބަންދުކުރި އެވެ. ފެންބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު މަރު ވެސް ވިއެވެ.

ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު ގެތަކުން ނުނިކުމެ ތިބިއިރު ޒުވާން އަންހެން ކުއްޖަކު މިވަނީ ފެންގަނޑުގެ ތެރޭގައި ފޮޓޯ ޝޫޓެއް ކުރިއަށް ގެންގޮސްފަ އެވެ. ނޭޝަނަލް އިންސްޓިޓިއުޓް އޮފް ފެޝަން ޓެކްނޮލޮޖީގައި ކިޔަވަމުން އަންނަ އަދިތީ ސިންގް ނަމަކަށް ކިޔާ ކުއްޖަކު ވަނީ ފެންބޮޑުވެފައި އޮތް ސަރަހައްދުގައި ވަރަށް ރީތިވެގެން ގޮސް ހުރެ ފޮޓޯތަކެއް ނަގާފަ އެވެ.

ގިނަ ބައެއްގެ ކަޅިތައް އެ ފޮޓޯތަކަށް ހުއްޓިފައި ވާއިރު ފޮޓޯ ނަގާފައި ވަނީ އިންޑިއާގެ ފޮޓޯގްރާފަރެއް ކަމަށްވާ ސޯރަބް އަނުރާޖް އެވެ. "ޑިޒާސްޓާ މާމެއިޑް" ކެޕްޝަނުގައި ޖަހާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު ގިނަ ބަޔަކަށް ވަނީ އެ ފޮޓޯތައް ވަަރަށް ބޮޑަށް ކަމުގޮސްފަ އެވެ.

ސޯޝަލް މީޑިއާއަށް ފޮޓޯތައް ހިއްސާކުރުމާއެކު ބައެއް މީހުންގެ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ. އެގޮތުން އެތައް ބަޔަކު ހާލުގައި ޖެހުނު ވަގުތު ވެސް އެމީހުން ފޮޓޯ ނެގުމުގައި އަވަދި ނެތި އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ކޮމެންޓު ކޮށްފައި ވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް