ads
އިސްރާއީލުން މީގެ ކުރިން ގައްޒާ އަށް ދީފައިވާ ހަމަލާއެއް
ގައްޒާއަށް އަނެއްކާވެސް ރޮކެޓު ހަމަލާތަކެއް ދީފި
އިސްރާއީލުން އަނެއްކާވެސް ގައްޒާއަށް ރޮކެޓު ހަމަލާތަކެއް ދީފިއެވެ.

މި ރޮކެޓު ހަމަލާތަކަކީ ޢައްޒާއިން ހުކުރު ދުވަހު އިސްރާއީލަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލަތަކެއް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން މައުލޫމާދުދޭކަމަށް ރިޕޯޓުތައް ބުނެއެވެ. އިސްރާއީލުން ގައްޒާގެ ހަމާސް ޖަމާއަތުގެ ސައިޓުތަކަށް ދީފައިވާ މިހަމަލާތަކުގެ ސަބަބުން ގައްޒާގެ އެއްވެސް ތަނަކަށް އަދި މީހަކަށް ވެސް ގެއްލުމެއް ލިބިފައިވާކަމަކަށް އަދި މިހާތަނަށް ރިޕޯޓުކޮށް ފައެއް ނުވެއެވެ. 

ރިޕޯޓުތައް ބުނާ ގޮތުގައި ހުކުރު ދުވަހު ގައްޒާއިން އިސްރާއީލަށް ދިން ހަމަލާއަށް މާގިނަ އިރުތަކެއް ނުވަނީސް ގައްޒާގެ އިސްލާމިކް ޖިހާދު ގުރޫޕަށް ނިސްބަތްވާ ކަމަށް ބުނެ ހައްޔަރު ކޮއްފައިވާ ދެ ހައްޔަރީން އިސްރާއީލްގެ ސެކިއުރިޓީ ވަރުގަދަ ޖަލަކުން ވަނީ ފިލާފައެވެ. 

އެހެން ނަމަވެސް އިސްރާއީލުން ވަނީ ފިލާފައިވާ ދެ މީހުން ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިކަން އިއުލާނުކޮއްފައެވެ. މީގެ އިތުރުން މީގެ ހަފްތާއެއްހާ ދުވަސް ކުރިންވެސް ވަނީ އިސްރާއީލުގެ ސެކިއުރިޓީ ވަރުގަދަ ޖަލެއްގައި ބަންދު ކޮއްފައި ތިބި ފަލަސްތީނަށް ނިސްބަތްވާ ހަ ގައިދީން ފިލާފައި ކަމަށް ރިޕޯޓު ކޮށްފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޖަލުން ގައިދީން ފިލާފައިވަނީ ބިންގަރާހެއް ކޮނެގެންނެވެ. މި މައްސަލަޔާއި ގުޅިގެން އިސްރާއީލުގެ ޖަލުތަކުގައި އިތުރު ބިންގަރާސްތައް ހުރިތޯ ބެލުމުގެ މަސައްކަތް ދަނީ މިހާރު ކުރަމުން ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް