ads
ޖަޔަލަލީތާ(ކ)، ކަންގަނާ(ވ)
ޖަޔަލަލަލީތާ އޭނާގެ ބައޯޕިކްއިން ފެންނަން ބޭނުންވީ ކަންގަނާއެއް ނޫން
އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ "ތަލައިވީ" މިހާރު ވަނީ ރިލީޒްކޮށްފައެވެ. މިފިލްމުގައި ޖަޔަގެ ރޯލުން ފެނިގެންދިޔައީ މަޝްހޫރް ތަރި ކަންގަނާ އެވެ.

ނަަމަވެސް ކަންގަނާއަކީ ޖަޔަގެ ބައޯޕިކްއިން އޭނާ ފެންނަން ބޭނުންވި ތަރިއެެއް ނޫނެވެ. ޖަޔަ  1999ވަނަ އަހަރު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާގެ ބައޯޕިކްއެއް ހަދަައިފިނަމަ އޭނާގެ ރޯލުން ފެންނަން ބޭނުންވަނީ އައިޝްވާރިއާ ރާއީ ކަމަށެވެ.

ޖަޔަ ސިޔާސީ ދާއިރާއަށް ވަނީ ފިލްމީ ދާއިރާގެ ތެރެއިން ލިބުނު ބޮޑު މަގުބޫލުކަމަށް ފަހުއެވެ. 

ލީޑު ރޯލުން ފެނިގެންދިޔަ ކަންގަނާ ޖަޔަލަލީތާގެ ކާސްޓިން ފެނިގެންދިޔައިރު، މި ފިލްމުގައި އޭނާ އާއި ވައްތަރު ވުމަށްޓަކައި ކަންގަނާ ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

އެގޮތުން އޭނާގެ ހަށިގަނޑު ޖަޔަގެ ހަށިގަނޑާއި އެއްވަރު ކުރުމަަށް ކަންގަނާ ވަނީ އޭނާގެ ބަރުދަން ވެސް ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

ފިލްމް ރިލީޒް ވެގެންދިޔައިރު ކަންގަނާ ޖަޔަގެ ބައި ގެނެސްދީފައިވާލެއް ފުރިހަމަކަމުން ގިނަ ބަޔަކު ވަނީ ކަންގަނާއަށް ތައުރީފުކޮށްފައެވެ. 

ޖަޔަ އާ 1999ވަނަ އަހަރު އިންޓަވިއު ކުރި ސިމި އަގަރްވާލްވެސް ވަނީ ކަންގަނާގެ ހުނަރަށް ތައުރީފުކޮށްފައެވެ. އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކަންގަނާ ކުރާ ޓްވީޓްތަކާ މެދު އޭނާ ހިތްހަމަނުޖުހުނު ނަމަވެސް އެ ފިލްމުގައި އޭނާ ދައްކުވައިދީފައިވަނީ މޮޅު އެކްޓިންއެއް ކަމަށެވެ. އަދި ޖަޔަގެ ބައޯޕިކްއިން އައިޝްވާރިޔާ ފެންނަން ޖަޔަަ ބޭނުންވި ނަމަވެސް ޖަޔަ މިއަދު ދުނިޔޭގައި ހުރި ނަމަ ކަންގަނާގެ އެކްޓިން ފެނި އެ ރޯލުން ކަންގަނާ ފެނުން ގަބޫލުކުރާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް