ads
ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލުން ނަރސިން ސްކޮލަރޝިޕް ޕްރޮގްރާމްތަކެއް ހިންގަނީ
ޓްރީ ޓޮޕުން ނަރުހުންގެ ދާއިރާއިން ޚާއްސަ ސްކޮލާޝިޕްތަކާއި، ޑިޕްލޮމާ އަދި އަންޑަރ ގްރެޖްއެރޓް ޑިގްރީގެ ގޮތުގައި ވިލާ ކޮލެޖާ ގުޅިގެން ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތުގައި އެންމެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާ އެއްބަޔަކީ ނަރުހުންނެވެ. ސިއްޚީ ދާއިރާގައި ވެސް މުހިންމު ރޯލެއް އަދާކުރާ ބަޔަކަށް ނަރުހުން ވާއިރު، ޓްރީ ޓޮޕް ހޮސްޕިޓަލް އުފެދި ހދުމަތްތައް ފެށުމާއި އެކު ނަރުހުންގެ ހިދުމަތަށް އަދި ވަކިން ހާއްސަކޮށް ސްޕެޝިއަލިސްޓް ނަރުހުންގެ ހިދުމަތް ފުޅާ ކުރުމުގައި ރަޖިސްޓަރޑް ނަރުހުންގެ އިތުރުން މިޑްވައިފްގެ އެހީތެރިކަން ހޯދުމަށް ހުއްޓުމެއްނެތި ޓްރީ ޓޮޕުން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ތައުލީމާއި ތަމްރީނުގެ ރޮނގުން ނަރުހުން ބާރުވެރިކުރުމާއި، ނަރުހުންގެ ހިދުމަތް ފުޅާކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިސްނެގުމުގެ ދަށުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ނަރުހުންނަކީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއްފަރާތް ކަމަށްވާއިރު، ޓްރީ ޓޮޕުން ވަނީ މިކަން ފާހަގަކޮށް، ނަރުހުންގެ ދާއިރާއިން ޚާއްސަ ސްކޮލާޝިޕްތަކާއި، ޑިޕްލޮމާ އަދި އަންޑަރ ގްރެޖްއެރޓް ޑިގްރީގެ ގޮތުގައި ވިލާ ކޮލެޖާ ގުޅިގެން ފުރުސަތުތަކެއް ހުޅުވާލާފައެވެ. މި ސްކޮލާޝިޕްތަކަކީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް އެކަމަށް މަގުފަހިވެގެންދާނެ ފުރުސަތުތަކެއްކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ. 

އެގޮތުން ހުޅުވާލައިފައިވާ ސްކޮލާޝިޕްތަކަކީ: 

⦁    ބީއެސްސީ (އޮނާސް) ނަރސިންގް (އިންޓަރނޭޝަނަލް) ޓްޕް-އަޕް، ސެޕްޓެމްބަރ 2021 އިންޓޭކް

⦁    ޑިޕްލޮމާ އިން ނާރސިންގް 2021 އިންޓޭކް 

ޝަރުތު: 

އިޙްތިޔާރްކުރައްވާ ކޯހަށްއެދޭ ފަރާތަކީ؛

ހ. ދިވެހި ރައްޔިތެއް ކަމުގައި ވުން 

ށ. ކޯހަށް އެދޭ ފަރާތަކީ ވިލާ ކޮލެޖުން އެޑްމިޝަންގެ އެންމެހައި ކަންތައް ފުރިހަމަ ކުރެއްވުމަށް ފަހު، ކޯހުން ޖާގަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

1. ބީ.އެސް.ސީ ނަރސިންގް (2 އަހަރު)

2. ޑިޕްލޮމާ އިން ނަރސިންގް (3 އަހަރު) 

ނ. އަލަށް ކޯހަށް ވަންނަ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ކޯހަށް ހުށަހެޅިދާނެއެވެ. 

ރ. ކޯހަށް އެދޭ ފަރާތަކީ އެހެން ސްކޮލާޝިޕެއް ލިބި ތައުލީމު ހޯދަމުންދާ ނުވަތަ ވިލާ ކޮލްޖް ނޫން އެހެން ތަނަކުން ތައުލީމު ހާސިލްކުރަމުންދާ ފަރާތަކަށް ވެގެން ނުވާނެއެވެ. 

ޕްރޮގްރާމްގެ ބައިވެރިވުމަށް ޝަރުތު ފުރިހަމަވޭތޯ ބެލުމަށް ނުވަތަ ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކުން، 23 ސެޕްޓެންބަރ 2021  ވާ ބުރާސްފަތި ދުވަހުގެ 1700 ކުރިން

[email protected] މި އީމެއިލް އެޑްރެހަށް މެއިލް ކުރުމަށް ޓްރީ ޓޮޕުން ވަނީ އެދިފައެވެ.

ކޯހަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް: 

ހ. އެޓެސްޓްކުރި ތައިލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް

ށ. އެޓެސްޓްކުރި ދިވެހި ރަތްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ނ. ޕާސްޕޯޓް ސައިޒް ފޮޓޯ

ރ. ފުރިހަމަކޮށް ސޮއިކޮށްފައިވާ އެޕްލިކޭޝަން ފޯމް

ބ. ކޯހަށް ހޮވުނުކަމަށް ކޮލެޖުން ދޫކޮށްފައިވާ ސިޓީ

ޅ. ޕޮލިސްރިޕޯޓް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް