
މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީގެ ދައުވަތަކަށް އިޒްރޭލުގެ ބޮޑުވަޒީރު ކުރައްވާ ދަތުރުފުޅުގައި އިިޒްރޭލު ފަލަސްތީން މައްސަލަ އާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ.
ބޮޑު ވަޒީރު ބަނެޓްގެ މި ދަތުރުފުޅަކީ 2011 ވަނަ އަހަރު އިޒްރޭލު ބޮޑު ވަޒީރުކަމުގައި ހުންނެވި ބެންޖަމިން ނަތަންޔާހޫ މިސްރަށް ކުރި ދަތުރަށް ފަހު އިޒްރޭލުގެ ވެރިއަކު މިސްރަށް ކުރާ ފުރަތަމަ ދަތުރުފުޅެވެ.
އޭގެ އިތުރު މިދަތުރުފުޅުގައި ކުރެވޭ މަޝްވަރާތަކުގެ ތެރޭގައި މެދުއިރުމަތީގައި އިރާންގެ ނުފޫޒް ގަދަވުމާއި ލުބްނާންގެ އިގްތިސޯދީ ކާރީސާ ހިމެނެއެވެ.
މިސްރުން ވަނީ 2007 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ގަޒާ ވައިގެ މަގުން އާއި އެއްގަމު މަގުން، ބަންދުކުރުމަށް އެހީވަމުންނެވެ.
ދެގައުމުން ގަޒާ ވައިގެ މަގުން އަދި އެއްގަމު މަގުން ބަންދުކޮށްފައިވީ ނަމަވެސް 2007 ވަނަ އަހަރުން ފެށިގެން އިޒްރޭލާއި ގަޒާ އާ މެދު ހަތަރު ހަނގުރާމަ ކުރެވުނެވެ.
އެންމެ ފަހުން އިޒްރޭލާ ގަޒާ އާ މެދު ކުރިމަތިލުމަކަށް ގޮސްފައިވަނީ ނިމިދިޔަ މޭ މަހުގައެވެ.
މިސްރުން އަންނަނީ އިޒްރޭލު- ފަލަސްތީނު މައްސަލައިގައި މެދުވެރިއެއްގެ ރޯލު އަދާކުރަމުންނެވެ.
ނަމަވެސް މިހާރު އިޒްރޭލުގެ ބޮޑު ވަޒީރު ކަމުގައި ހުންނެވި ބަނެޓް އަކީ ފަލަސްތީނުގެ ދައުލަތެއް އޮތުމާ ސީދާ ދެކޮޅު ހަދާ ބޭފުޅެކެވެ.
މިސްރަކީ މުޅި ދުނިޔެއިން ވެސް އިޒްރޭލަށް ފަހު އެމެރިކާއިން އެންމެ ބޮޑު އަސްކަރީ އެހީއެއް ދޭ ގައުމެވެ.