ads
އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔަ ދެބޯޓު
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވި ދެ މަސްބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށްގެނެސްފި
ރާއްޖޭގެ އީއީޒެޑް ގެ ތެރެއަށް ގަވާއިދާ ހިލާފަށް ވަދެގެންއުޅުނު ދެ މަސްބޯޓެއް މޯލްޑިވްސް ނެCަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) ގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިދެ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ފެނިފައިވަނީ މިމަހުގެ 11 ވަނަދުވަހު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. 

އެމްއެންޑީއެފްގެ ކޯސްޓުގާޑްގެ ބެލުމުގެ ދަށަށް ގެންދެވުނު ދެވަނަ ބޯޓު ފެނިފައިވަނީ އިްޔެ 5:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. 

އެމްއެންޑީއެފް އިން މިއޮޕަރޭޝަން ހިންގުމުގައި "އަސުރުމާ3" ދޯނިން އެމްއެންޑީއެފް އަށް ވަރަށްބޮޑު އެހީތެރިކަމެއް ދީފައިވާކަން އެ ފޯސްއިން ފާހަގަ ކުރެއެވެ.

ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ 5 ބޯޓެއް އެމްއެންޑީއެފް އިންމިއަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅުވެސް ވަނީ ހައްޔަރު ކޮށްފައެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓުތައް ފެނިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ހުރަވީ ކުރަމުންދިޔަ ޕެޓްރޯލް ދަތުރެއްގައި މ. އާއި ވ. އަތޯޅާ ދިމާ އިރުން އީއީޒެޑްގެ 30 ނޯޓިކަލް މައިލް ތެރެއިން ކަމަށެވެ. 

މިހާރު އެ ފަސް އުޅަދުވެސް ވަނީ ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އެމްއެންޑީއެފް އިން އޭރު ވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި ކޮންމެ ބޯޓެއްގައި ހަ މީހުން ތިއްބެވެ. މި ބޯޓުތައް މަސްވެރިކަން ކުރަމުން ދިޔައީ ވަކި ދުރުމިނެއް ބަހައްޓައިގެން ކަމުން ބޯޓުތައް ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ އިއްޔެ އިރާކޮޅު ކަމަށް ކޯސްޓުގާޑުން އޭރު މައުލޫމާތު ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް