ads
ބެލް ބޮޓަމްގެ ޕޯސްޓަރެއްގައި އަކްޝޭ
އަކްޝޭގެ "ބެލް ބޮޓަމް" މާދަމާ އެމެޒޯން ޕްރައިމްއަށް!
މިދިޔަ މަހު 19 ވަނަ ދުވަހު ރިލީޒްކުރި އަކްޝޭ ކުމާރު ލީޑުރޯލުން ފެނިގެންދާ ފިލްމު "ބެލް ބޮޓަމް" މާދަމާ އެމެޒޯން ޕްރައިމް ވީޑިއޯގައި ސްޓްރީމް ކުރަން ފަށާނެކަމަށް ބުނެފިއެވެ.

އަކްޝޭ ކުރި ޕޯސްޓެއްގައި އެ ފިލްމު އެމެޒޯން ޕްރައިމް ވީޑިއޯ އަށް މި މަހުގެ 16 ވަނަ ދުވަހު އަންނާނެ ކަން ވަނީ މިހާރު އިއުލާނުވެސް ކޮށްފައެވެ.

"ބެލް ބޮޓަމް"ގައި އަކްޝޭއާ އެކު ފިލްމުގެ ކާސްޓްގައި ލާރާ ދައްތާ، ވާނީ ކަޕޫރް، ހުމާ ގްރޭޝީ އަދި އާދިލް ހުސައިން ފެނިގެން ދިޔަ އެވެ.

އެ ފިލްމަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ދައުރުގައި މަތިންދާބޯޓް ހައިޖެކްކުރުމުގެ ހާދިސާއަކަށް ބިނާކޮށް ހަދާފައިވާ ސްޕައި ތުރިލާ ފިލްމެކެވެ.

"ބެލް ބޮޓަމް" ޑައިރެކްޓްކޮށްފައިވަނީ ރަންޖީތު ތިވާރީ އެވެ. އެ ފިލްމަށް ފަހު އަކްޝޭ ވަނީ ހަމަ ރަންޖީތުގެ އިތުރު ފިލްމެއް ކަމަށްވާ "ސިންޑްރެއްލާ" ގެ ޝޫޓިން ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް