އެމްއެންޑީއެފްއިން ބުނީ މިއަދު މިހާތަނަށް ދެ ޓަގް ބޯޓެއް އުރުމުގެ ދެ ހާދިސާއެއް ހިނގާފައިވާކަމަށެވެ. އެގޮތުން މިއަދު 9:52 ހާއިރު "މެރީނާ-1301" ކިޔާ ޓަގް ބޯޓެއް ފޭދޫ ފިނޮޅު ފަރުމައްޗަށް އަރާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އެ ބޯޓުގައި ތިބީ އިންޑޮނޭޝިޔާއަށް ނިސްބަތްވާ ނުވަ ފަޅުވެރިން ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ދެ ވަނަ އުރުނު ބޯޓު އުރިފައިވަނީ މިއަދު 9:35 ހާއިރު ވިލިނގިލި ފަރުމައްޗަށެވެ. "ޓަރާންސްޕޯޓް ފިއުލް-09" ނަމަކަށް ކިޔާ އެ ބޯޓު ފަރަށް އެރި އިރު އޭގައި ސްރިލަންކާއަށް ނިސްބަތްވާ މީހަކާއި ބަންގްލަދޭޝްގެ ދެ މީހުން ތިބިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އެގޮތުން ޓަރާންސްޕޯޓް ފިއުލް-09 ބޯޓު މިހާރު ފުން ކުރެވިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.