ads
އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގެ ތެރެއިން ޓިމް އަދި ބައްސާމް
ބީއެމްއެލް އިން ޤައުމީ ފުޓްބޯޅަ ޓީމުތަކުގެ ޕާޓްނަޝިޕް އާ ކޮށްފި
ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ޤައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަ އެގްރީމަންޓްގެ އައުކޮށްފި އެވެ.

މި އެގްރީމަންޓުގެ ދަށުން ބީއެމްއެލް ވެގެންދާނީ ކުރިއެކޭވެސް އެއްފަދައިން ޤައުމީ ސީނިއަ ފިރިހެން ޓީމާއި، ސީނިއަ އަންހެން ޓީމު އަދި ޔޫތު ޓީމުތަކުގެ އެކްސްކްލޫސިވް ސްޕޮންސަރަށެވެ. މިއަދު ޤައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވުނު ހަފްލާގައި އެ އެގްރީމަންޓުގައި ސޮއި ކުރެއްވީ ބީއެމްއެލްގެ ފަރާތުން ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔަރ އަދި އެފްއޭއެމް ގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. 

މި އެއްބަސްވުމާ ގުޅޭގޮތުން ޓިމް ވިދާޅުވީ " ރާއްޖޭގައި ފުޓްބޯޅައިގެ ފޯރިގަދަ މި ދަނޑިވަޅުގައި ޕާޓްނަޝިޕް އާ ކުރެވިގެންދާކަމީ ލިބޭ އުފަލެއް ކަަމަށެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ޤައުމީ ޓީމުގެ ކާމިޔާބީގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ޒުވާން ޖީލަށް ހުނަރު ފުޅާކުރަން އެހީތެރިވުމަކީ ބީއެމްއެލްއިން ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

" ކުރިއަށްއޮތް ސާފް ޗެންޕިއަންޝިޕް މުބާރާތުގައި އަޅުގަނޑުމެން އެދެނީ ދިވެހި ގައުމީ ޓީމަށް ކާމިޔާބު ލިބުން." ޓިމް ސޯޔަރ ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ބީއެމްއެލް އާއެކު އެ އެއްބަސްވުން އާ ކުރެވިގެންދާކަމީ ލިބޭ ފަހުރެއް އަދި އުފަލެއް ކަމަށާއި، ގައުމީ ޓީމުގެ ކުޅުންތެރިންނަކީ ރާއްޖޭގެ ފަހުރު ކަމަށެވެ. އަދި ހޯދަމުންދާ ނަތީޖާއަކީ ކުޅިވަރު ދަނޑުގެ އިތުރުން ފަރުދާގެ ފުރަގަހުގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއްގެ ބުރަ މަސައްކަތާއި އެހީތެރިކަމާއި އެއްބާރުލުމުގެ ނަތީޖާ ކަމަށް ބައްސާމު ވިދާޅުވިއެެވެ.

" މި ފުރުސަތުގައި ޤައުމީ ޓީމަށާއި ރާއްޖޭގައި ކުޅިވަރާއި ޒުވާން ކުޅުންތެރިން ތަރައްގީ ކުރުމަށް ބީއެމްއެލް އިން ވެދެއްވާ އެހީތެރިކަމަށް ހާއްސަ ޝުކުރެއް ދަންނަވަން." ބައްސާމު ވިދާޅުވިއެވެ.

ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން ޤައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި ކުރިއަށް އޮތް ސާފް ޗެންޕިއަންޝިޕް 2021 ގެ އޮފިޝަލް ބޭންކިން ޕާޓްނަރަކީ ވެސް ބޭންކް އޮފް މޯލްޑިވްސް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް