ads
އަލްޓިންޑަގް މުނިސިޕަލްޓީގެ މޭޔަރު ޑރ. އާސިމް ބަލްސީ އާއި ޑރ. މުއިއްޒުު
މޭޔަރު މުއިއްޒު ތުރުކީވިލާތުގެ އަލްޓިންޑަގް ސިޓީގެ މޭޔަރާއި ބައްދަލުކުރައްވައިފި
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ތުރުކީވިލާތުގެ ވެރިކަންކުރާ ސިޓީ އަލްޓިންޑަގް މުނިސިޕަލްޓީގެ މޭޔަރު ޑރ. އާސިމް ބަލްސީ އާއި ބައްދަލުކުރައްވައިފި އެވެ.

މޭޔަރު ޑރ. އާސިމް ބަލްސީ އާއި ބައްދަލުކުރައްވާފައިވަނީ މޭޔަރު މުއިއްޒު ތުރުކީވިލާތަށް ކުރައްވި ކައުންސިލްގެ ރަސްމީ ދަތުރުފުޅުގައެވެ.  

ސިޓީ ކައުންސިލުން ބުނީ މި ބައްދަލުވުމުގައި ދެ ދެފަރާތް ގުޅިގެން އެއްބާރުލުން ދެވިދާނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާކުރެވުނު ކަަމަށެވެ. އަދި ރާއްޖެ އާއި ތުރުކީއާއި ދެމެދު ތަޖުރިބާ ހިއްސާކުރުމާއި ޓެކްނިކަލް އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް އެ ކައުންސިލުން ބުނެއެވެ. 

މީގެ އިތުރުން ކައުންސިލްތައް ހިންގުމުގައި ދެފަރާތަށް ދިމާވެފައިވާ މައްސަލަތަކާ އޭގެ ހައްލާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ކައުންސިލުން ބުނެއެވެ. 

ރަސްމީ ދަތުރުފުޅެއްގައި ތުރުކީވިލާތައް ޑރ. މޭޔަރު ފުރާވަޑައިގެންނެވީ މިމަހުގެ 10 ވަނަދުވަހު އެވެ. މިދަތުރުފުޅަކީ ތުރުކީވިލާތުގެ ކައުންސިލްތަކާ ގުޅުން ބަދަހިކޮށް ތަޖުރިބާ ހިއްސާކުރުމަށާ އަދި މާލޭ ސިޓީގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. 

މާލޭ ސިޓީ ކައުންސިލުން މިހާރުވަނީ ރާއްޖޭގެ ކައުންސިލްތަކާއެކު ގުޅުންބަދަހިކުރުމުގެ ބައްދަލުވުންތައްވެސް ބާއްވަން ފަށާފައެވެ. އެގޮތުން މާލެ އަތޮޅު ކައުންސިލާ އަދި މާލެ އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް