ads
އާޝާގެ އާ ލަވައިގެން މަންޒަރުތަކެއް…
އާޝާގެ މަޅީގައި އާނަންދުގެ ޖެހިއްޖެ!
ޑާކްރެއިން އެންޓަޓެއިންމެންޓުގެ ކުޑައިގެ ދަށުން ދިވެހި ފިލްމީ ދާއިރާގައި ފައިހަރުކޮށްލި ބަތަލާ އައިމިނަތު ރަޝްފާ(އާޝާ) ގެ އާ ވީޑިއޯ ލަވަ "ޝިކާރަ" ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
Advertisement

އާޝާގެ އުފަންދުހުގެ ހަދިޔާ އެއްގެ ގޮތުން އޭނާގެ ފޭނުންނަށް "ޝިކާރަ" ދިން އިރު އާޝާ އާއެކު އެ ލަވައިން ފެނިގެންދިޔައީ މަޝްހޫރު އެކްޓަރު އަހުމަދު އީސަ (އާނަންދު) އެވެ.

އެ ލަވައިގެ ޕްރޮމޯޝަންތައް ވަރަށް ގަދައަށް މި ހަފްތާގެ ތެރޭގައި ސޯޝަލް މީޑިއާގައި ވެސް ޖެއްސި އިރު ލަވަ އަށް ދީފައިވާ ނަމުގެ ސަބަބުން ގިނަ ބަޔަކު ތިބީ ލަވަ ބަލައިލަން ކެތްމަދުވެފައެވެ.

މަޝްހޫރު ދެ ލަވަ ކިޔުންތެރިން ކަމަށްވާ މަރިޔަމް އަޝްފާ އާއި ޝަލަބީ އިބްރާހީމްގެ އަޑުން ހުށަހަޅައިދީފައިވާ އެ ލަވަ އަކީ ހިތްގައިމު ލޯބީގެ ލަވަ އެކެވެ. ލަވައިން ދައްކުވައިދެނީ ބަދަލެއް ހިފުމުގެ ގޮތުން މަކަރުވެރިކަން އިސްކޮށް އަންހެން ކުއްޖެއް ފިރިހެނެއްގެ އިހުސާސްތަކާއި ކުޅެލި ގޮތެވެ. ތަފްސީލަށް ނުގޮސް ލަވަ ބަލައިލަން ބެލުންތެރިންނަށް ދޫކޮށްލީއެވެ.

އާޝާ އަމިއްލަ ޕްރޮޑިއުސްކޮށް ފެޝަން ޑިޒައިނަރު ސޭންޑީ ޑައިރެކްޓްކޮށްފައިވާ "ޝިކާރަ" ގެ މަންޒަރުތައް ކ. މާފުށި އަދި މާލެގެ އިތުރުން ހުޅުމާލޭގައި ނަގާފައިވާ އިރު ފެނިގެންދަނީ ބެލުންތެރިންގެ ނަޒަރު ހުއްޓޭ ފަދަ ހިތްގައިމު މަންޒަރުތަކެކެވެ.

މިއަދު މެންދުރު ބޭއްވި ކުޑަ ހަފްލާއެއްގެ ތެރެއިން ލަވަ ރިލީޒްކުރި އިރު އެ ލަވަ ބަލަމުންދާއިރު ހީވަނީ ބޮލީވުޑް ލަވައެއް ބަލަމުންދާ ހެންނެވެ. 

އާޝާގެ ޔޫޓިއުބް ޗެނަލް އިން "ޝިކާރަ" ބަލައިލެވެން ހުރި އިރު މިއީ އާޝާ އަމިއްލަ ޕްރޮޑިއުސްކޮށް ހެދި ދެވަނަ ލަވަ އެވެ. އޭނާ ވަނީ މިދިޔަ އަހަރުވެސް އުފަންދުވަހާއި ދިމާކޮށް "ގުނަމުން މިދާ" ލަވަ ބެލުންތެރިންނަށް ގެނެސްދީފައެވެ. 

13%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
65%
ވަރަށް ސަލާމް
ކޮމެންޓްސް