ގާސިމް އިބްރާހިމްގެ އިންޒާރެއް ސިވިލް ސާވަންޓުންނަށް
01 އޮކްޓޯބަރ 2019 - 23:12:11
"ވަޒީފާ އިން ބޭރުކުރަން ވީމަ ސިވިލް ސާވަންޓުން ވެސް ބޭރުކުރާނަން" ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަހުމް ކުޑަ އިންޒާރެއް ސިވިލް ސާވަންޓުންނަށް ދީފިއެވެ.
ވަޒީފާ އިން ބޭރުކުރަން ވީމަ ސިވިލް ސާވަންޓުން ވެސް ބޭރުކުރާނަން ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިންޒާރެއް ސިވިލް ސާވަންޓުންނަށް ދީފިއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، ޖުމްހޫރީޕާޓީއަށް ބައެއް މީހުން ސޮއިކުރުމަށް މިރޭ ބޭއްވި ހަފްލާއެއްގައެވެ.
"އެމީހުން (ސިވިލް ސާވަންޓުން) ނަކީ ކަނޑާނުލެވޭނެ ބައެއް ނޫނޭ އެއިކީ. ގާނޫނުތަކާ ގަވާއިދުތަކާ އިމުން ބޭރުވާކަމަށް ވަންޏާ އެމީހުން ބޭރުވެސް ކުރާނެ. ބޭރުކުރަންވެސް ޖެހޭނެ. އެއީ ގަބޫލުކުރަން އޮތް ހަގީގަތަކީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވިއިރު، އޭނާއަކީ ސަރުކާރުގެ އެއްވެސް މަގާމެއް އަދާކުރަމުން ގެންދާ ބޭފުޅެއް ނޫނެވެ. އަދި އޭނާގެ ދަށުން އެއްވެސް ސިވިލް ސާވެއްންޓެއް މަސައްކަތް ވެސް ނުކުރެއެވެ.
ނަމަވެސް ދާދިފަހުން ގާސިމް އިބްރާހިމް އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާވެސް ވަނީ މުވައްޒަފުން ފަރުވާ ކުޑަކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީވެސް ބުނާގޮތުން އެއްވެސް މީހަކާމެދު ގަވާއިދުގެ ބޭރުން ފިޔަވަޅެއް ނޭޅޭނެއެވެ.
ނަމަވެސް "ވަޒީފާއިން ބޭރުކުރަންވީމާ ބޭރުކުރާނެކަމަށް" ގާސިމް އިބްރާހިމް މިރޭ ވިދާޅުވީ ކޮން ހައިސިއްޔަތުންކަމެއް އޭނާ ސާފެއްނުކޮށްދެއްވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު މިރޭ ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.
ޔާމީން ރަޝީދު މިރޭ ޖޭޕީއަށް ސޮއިކުރެއްވިއިރު، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއެކު ޕީޕީއެމްގެ ބައެއް އިސް ބޭފުޅުންތަކެއް ވެސް ވަނީ ދާދިފަހުން ސޮއި ކުރައްވައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް