ޝާހިދު ކަޕޫރުގެ ކޮއްކޮ ލީޑު ރޯލު ކުޅޭ އެ ފިލްމުގެ ފަސްޓު ލުކްވެސް މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.
ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ “ޕިއްޕާ” ގައި އިޝާން އާއެކު ދެން ފެނިގެންދާނީ މުރްނާލް ތާކުރް އެވެ. މުރްނާލް އަކީ ފިލްމު “ޖާޒީ” ގެ ވެސް ބަތަލާ އެވެ.
“ޕިއްޕާ" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގައި އަސްކަރިއްޔާގެ 45 ވަނަ ކަވަލްރީ ޓޭންކް ސްކޮޑްރަންގައި މަސައްކަތްކުރި ބްރިގޭޑިއާ ބަލްރާމް ސިންގް މެހެތާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ހަނގުރާމަ ފިލްމެކެވެ.
އެ ފިލްމު ޑައިރެކްޓް ކުރަނީ 2016 ވަނަ އަހަރު އަކްޝޭ ކުމާރު ލީޑަށް ލައިގެން ނެރުނު ފިލްމު “އެއާލިފްޓް” ގެނެސްދިން ރާޖާ ކްރިޝްނާ މެނަން އެވެ.
ފިލްމުގެ ޝޫޓިން ހަލުވިކަމާއެކު ކުރިއަށްދިޔަ ނަމަވެސް ފިލްމު ސިނަމާތަކަށް އަންނާނެ ދުވަހެއް އަދި ނޭންގެއެވެ.