ads
ޔޫއެސް ބަގްލާގެ ފްލައިޓެއް----
ބަންގްލާދޭޝްގެ ޔޫއެސް-ބަންގްލާ އިން ރާއްޖެއަށް ދަތުރުތައް ފަށަނީ
ބަންގްލާދޭޝްގެ އަމިއްލަ އެއާލައިނެއް ކަމަށްވާ ޔޫއެސް-ބަންގްލާ އިން އެ ގައުމުގެ ވެރިރަށް ޑާކާ އާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

ޔޫއެސް-ބަންގްލާ އަކީ 2014 ވަނަ އަހަރު ފެށި، ބަންގްލާދޭޝްގެ އެންމެ ފެންވަރު ރަނގަޅު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެއާލައިނެކެވެ. އަދި މިއީ އެ ގައުމުގެ އަމިއްލަ އެއާލައިންތަކުގެ ތެރެއިން އެންމެ ބޮޑު ފްލީޓް އޮތް އެއާލައިނެވެ. 

އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އެއަލައިނުން ރާއްޖެއަށް ދަތުރުތައް ފަށާނީ އަންނަ ނޮވެމްބަރު މަހުގެ ތިން ވަނަ ހަފްތާ ތެރެއެވެ. ދަތުރުތައް ފަށާއިރު އެ ގައުމުގެ ވެރިރަށް ޑާކާ އާއި މާލެއާ ދެމެދު ކޮންމެ ހަފްތާއަކު ހަތަރު ދަތުރުކުރަން ވަނީ ނިންމާފައެވެ. ރާއްޖެއާއިމެދު ކުރާ ދަތުރުތަަކަށް އެއެއާލައިނުން 189 ސީޓު ހިމެނޭ ބޮއިން 737-800 ގެ ބޯޓެވެ. 

ޔޫއެސް-ބަންގްލާ އިން ބުނީ އަންނަ ނޮވެމްބަރު މަހު ފަށާ ދަތުރުތަކާ އެކު، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލާދޭޝް މީހުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް