މޯލްޑިއަނުން ބުނިގޮތުގައި މާފަރު އެއާޕޯޓުން ދިއްލީ އަށް ދަތުރުތައް ފަށާނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ.
މޯލްޑިވިއަންގެ މި ދަތުރުތައް ވާނީ ކޮވިޑްގެ ހާލަތައް ފަހު ގައުމީ އެއާލައިނުން ފަށާ ފުރަތަމަ އިންޓަނޭޝަނަލް ދަތުރު ތަކަށެވެ.
ހަފްތާއަކު ތިން ދުވަހު މާފަރުން ދިއްލީއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު އެ ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ބުރާސްފަތީގެ އިތުރުން ހޮނިހިރު ގައެވެ.
ދަތުރުތައް ފަށަން ހުޅުވާލުމާއެކު މޯލްޑިވިއަންގެ ޓިކެޓް އޮފީސްތަކުންނާއި ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ގަންނަން ލިބޭނެ އިރު މާފަރުން ދިއްލީއަށް ދެކޮޅު ޓިކެޓް ވިއްކުމަށް ނިންމާފައިވަނީ 285 އެމެރިކާ ޑޮލަރަށެވެ. އަދި ނިއުދިއްލީން މާފަރަށް ދެކޮޅު ޓިކެޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 312 ޑޮލަރަށެވެ.