ads
ކޮމިއުނިޓީ އާބަން ފާމިން މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އެޗްޑީސީ
ކޮމިއުނިޓީ އާބަން ފާމިން މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފަށައިފި
ހުޅުމާލޭގައި ރަށްވެހި ދަނޑުވެރިކަން ނުވަތަ ކޮމިއުނިޓީ އަރބަން ފާމިން މަޝްރޫއުގެ ދަށުން ދަނޑުވެރިކަން ކުރަން ހުޅުވާލި ފުރުސަތަށް ކުރިމަތިލެއްވި ފަރާތްތަކާއި ބިން ހަވާލުކޮށް މިއަދު ރަސްމީކޮށް މަޝްރޫޢު އިފްތިތާހްކޮށްފި އެވެ.

އެގޮތުން އާބަން ފާމިންގެ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުގައި ބޭއްވުނު ރަސްމިއްޔާތުގައި އެ މަޝްރޫއު އާއި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައި ސަރަހައްދު ހުޅުވައިދެއްވީ މިނިސްޓަރު އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޑރ. ހުސައިން ރަޝީދު ހަސަންއެވެ. އެ ހަފުލާގައި މިނިސްޓަރުގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި އަދި ޔޫއެންޑީޕީ ގެ ރެސިޑަންޓް ރިޕްރެސެންޓޭޓިވް ޓު ދަ މޯލްޑިވެސް ވޭރާ ހާކިމް ވަނީ ބައިވެރިވެވަޑައިގަންފައެވެ.

އެ މަޝްރޫއުގެ ދަށުން ތިން ގިންތިއަކަށް (އަންހެނުނަށް ހާއްސަ ކެޓަގަރީ، ޒުވާނުން / ނުކުޅުދުންތެރިކަމެއް ހުންނަ ފަރާތްތައް / އެހެނިހެން ކެޓަގަރީ) ބަހާލާއިގެން 3 ދަނޑުވެރިން އެކުލެވޭ ގްރޫޕްތަކުން 16 ގްރޫޕެއް ވަނީ ހޮވިފައެވެ. 

ހުޅުމާލެ ނެއިބާހުޑް 3 އިން ޖުމްލަ 19.877.26 އަކަފޫޓު 16 ޕްލޮޓަށް ބަހާލައިގެން ހުޅުވާލި މިފުރުސަތަކީ ޖަޕާންގެ ހިލޭ އެހީގައި ޔޫއެންޑީޕީ އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ނާއި ގުޅިގެން ހިންގާ "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވާމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމްއެސްއެމްއީސް" (ސީޑްސް) މަޝްރޫޢުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ  "ކޮމިއުނިޓީ އާބަން ފާމިން" މަޝްރޫއުކެވެ.

އެމަޝްރޫއު ކުރިއަށް ގެންދިއުމުގެ އެއްމެ ބޮޑު މަގުސަދަކީ ދަނޑުވެރިކަމުގެ ސިނާޔަތް ކުރިއަރުވާ ދަނޑުވެރިކަމަށް އަހުލުވެރިކޮށް އެ ދާއިރާއިން ގިނަ ބަޔަކު ބިނާކުރުން ކަމަށް އެޗްޑީސީ އިން ބުނެއެވެ. އެގޮތުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ގިނަ ޕާކުތަކާއި ހުސް ޖާގަތަށް ހެޔޮގޮތުގައި ބޭނުންކޮށް އަދި ކޮވިޑް-19 ގެ ސަބަބުން މާލީގޮތުން އެއްމެ ބޮޑު ގެއްލުމެއް ލިބިފައިވާ ފަރާތްތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އާމްދަނީ ލިބޭނެ ގޮތެއް ހޯދައިދިނުމަކީ ވެސް މި މަޝްރޫއުގެ އެއްމެ މައިގަނޑު އެއް މަގްސަދު ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އާބަން ފާމިންގެ ގޮތުގައި ހުޅުމާލޭއިން ދޫކޮށްފައިވާ 16 ޕްލޮޓްގައި ފުރަތަމަ ތިންމަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގައި އެކަށީގެންވާ އެލަވަންސްއެއް ދިނުމަށް ހަމަޖެހިފައިވާއިރު ޕްރޮގުރާމުގެ ބައިވެރިންނަށް ދަނޑުވެރިކަމާއި ގުޅޭގޮތުން ޢިތުރު މަޢުލޫމާތު ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީސް، މެރިންގ ރިސާޗު އެންޑް އެގްރިކަލްޗާ، ބީސީސީ އަދި އެގްރޯނެޓްގެ ފަރާތުން ވަނީ ތަމްރީން ޕްރޮގްރާމްއެއް ހިންގިފައެވެ.

އެ މަޝްރޫއުއަކީ އެޗްޑީސީ އާއި ޔޫއެންޑީޕީ އާއި ގުޅިގެން ހިންގުނު މިފަދަ ފުރަތަމަ ޕްރޮގްރާމްއެވެ. އަދި އެ މަޝްރޫއުއަށް ލިބުނު ހޫނު ތަރުހީބާއި އެކު އެ މަޝްރޫއު އިތުރަށް ފުޅާކޮށް މި ދަނޑު ބިންތަކުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އުފައްދާ ބާވަތްތައް ވިއްކާ އާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ޕްލާޒާ އެރިއާއެއް އަދި މިފަދަ ބިންތައް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. 

މީގެއިތުރުންވެސް ހުޅުމާލޭގެ މާސްޓާރ ޕްލޭން އެކުލަވާލެވި އޯޕަން ސްޕޭސްގެ ގޮތުގައި ގިނަ ސަރަޙައްދުތަކެއް ކަނޑައެޅިފައިވާ އިރު، މި ފަދަ ތަންތަނަކީ ވެސް ރިވިއު ކުރެވި ޕްލޭން ބަދަލުކުރުމުގެ މަސައްކަތް ދަނީ އެޗުޑީސީގެ ފަރާތުން ކުރެވެމުންނެވެ. 

އެގޮތުން އެފަދަ ސަރަހައްދުތަކުން ވީހާވެސް ގިނަ ފަރާތްތަކަކަށް ފައިދާ ކުރާނެ ކަންތައްތައް ހިމެނިގެން ޕްލޭން ބަދަލު ކުރެވިގެން ދާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް