ads
ވިހައިގެން އުޅޭއިރު ރަނގަޅު ޑައިޓެއް ފޮލޯކޮށް ކުރިއަށް ދިއުން މުހިއްމި…
ވިހައިގެން އުޅޭއިރު ކެއުން ބައްޓަންކުރަންވީ މިހެން!
ވިހެއުމަށްފަހު ގިނަ ފަހަރު އަންހެން ވެރިންގެ ހަށިގަނޑަށް ބޮޑު ބަދަލެއް އާދެއެވެ. ފަލަވުމާއި ބަނޑުގެ މަސްގަނޑު ކުޑަ ނުވުން ފަދަ ކަންކަން ދިމާވެއެވެ.

ވިހައިގެން އުޅޭ ދުވަސްކޮޅަކީ ހަށިގަނޑަށް ނުބަލައި ދޫކޮށްލައިގެން ވާނެ ދުވަސްކޮޅެއް ނޫނެވެ. ވިހެއުމަށް ފަހު އެ އަންނަ ބޮޑު ބަދަލާއެކު ކެއުން ބައްޓަން ކުރަން އެބަ ޖެހެއެވެ. އެކަން ކަމުގެ ސަބަބުން އަވަހަށް ފަސޭހަވެ ގަދަވުމަށް ވެސް އެހީތެރިވެދެއެވެ.

ކަންފަސޭހަ ނުކޮށް ޑައިޓެއް އެކުލަވާލުން އެއީ ނުހަނު މުހިއްމު ކަމެކެވެ. ޑައިޓާއި އެއްގޮތަށް ވިހައިގެން އުޅޭ އިރު ކެއިން ބުއިން ހަމަޖައްސާށެވެ.

ވިހައިގެން އުޅޭ ފުރަތަމަ ދުވަސްވަރު ތަރުކާރީ ކެއުން ގިނަ ކުރަން ޖެހޭ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ގިނަ އަދަދަށް ނިއުޓްރިޝަން އެކުލެވޭ ކާނާ ކާން ޖެހޭނެއެވެ.

ދަރިޔަކު ލިބުމާއެކު ޕްރޮޓީން އަދި ކެލްސިއަމްގެ މާއްދާތައް އެކުލެވޭ ކާނާ އަދި ބުއިންތައް ބުއިން ގިނަ ކުރަން ޑޮކްޓަރުންވެސް ލަފާދެއެވެ. އެގޮތުން ޅަދަރިމަައި އަންހެނުން ގިނައިން ކިރު ބޭނުން ކުރުމާއި ފެނު ކެއްކި ބިސް، ކުކުޅު މަހާއި ގެރި މަސް ފަދަ މަސް ކެއުން ރަނގަޅެވެ. 

ވިހައިގެން އުޅޭ މައިން ބަތް ކެއުން މުހިއްމު ކަމަށް ޑޮކްޓަރުންނާއި ދިރާސާކުރާ ފަރާތްތަކުން ބުނެފައިވާއިރު ބޮޑަށް ތާޒާ ކާނާ އަދި ހޫނުކޮށް ހުންނަ ކާނާ ކެއުން މުހިއްމެވެ. ސަބަބަކީ ހޫނު ކާނާ ކެއުމުން ފަސޭހަވާން އަވަސްވެއެވެ.

މި ކަންތައްތަކުގެ އިތުރުން ގިނައިން ހޫނު ސައި ބުއިން ރަނގަޅެވެ. ގްރީންޓީ އާއި އިސްބަގުލު އަޅާފައި ހުންނަ ދިޔާ އެއްޗިސްއަކީ ވެސް ވިހެއުމުގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކަށް ލުއި ހޯދައިދޭ އެއްޗިއްސެވެ. އަދި ފަސޭހަވުމަށް އެހީތެރިވެދޭ އެއްޗެހިކަން ވެސް ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް