ads
ޝިލްޕާ އާއި ރާޖް
ރާޖް ކުންދުރާ މިނިވަންކޮށްފި
ބަރަހާނާ ފިލްމު ޕްރޮޑިއުސް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ރާޖު ކުންދުރާ މިނިވަނަކޮށްފި އެވެ.

ބަރަހަނާ ފިލްމް އުފައްދާ ވިއްކުމުގެ ތުހުމަތުގައި ރާޖް ހައްޔަރު ކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. 

އޭނާ ދޫކޮށްލާފައިވަނީ އިއްޔެއެވެ. ކޯޓުން އޭނާ ދޫކޮށްލަން ނެރުނު އަމުރުގައި ބުނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ބާރު ދޭ ނުވަތަ ސާބިތު ކޮށްދޭ އެއްވެސް ހެެއްކެއް މިހާތަނަށް ލިބިފައި ނުވާކަމަށެވެ.

އެހެންކަމުން އޭނާ މިނިވަންކުރިި ނަމަވެސް، ކުށުގެ ރެކޯޑް ސާފުކުރުމަށް އޭނާ 50،000 ރުޕީސް ދައްކަން ޖެހޭނެ ކަމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ރާޖް ހައްޔަރުކުރިތާ ދެމަސް ފަހުން ޖަލު ބަންދުން ގެއަށް ދޫކޮށްލިއިރު، ރާޖް ހައްޔަރުކުރެވުމާ އެކު ގިނަ ބައެއްގެ ނަފްރަތާއި ބަހުގެ ހަމަލާތައް ރާޖްގެ އިތުރުން ޝިލްޕާ އަށްވެސް އަންނަނީ ރައްދުވަމުންނެވެ. 

ބަރަހަނާ ފިލްމް އުފައްދާ ވިއްކުމުގެ ތުހުމަތުގައި ރާޖް ހައްޔަރު ކުރި ވާހަކައަކީ މިހާރު ބޮލީވުޑްގައިވެސް އެންމެ ހޫނު އެއް ޚަބަރެވެ. މި މައްސަލަޔާއި ގުޅިގެން ޝިލްޕާ އަށް ވެސް ވަނީ ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް