ads
ރާއްޖޭގައި ކުރިން ކުޅެފައިވާ ނޭޕާލުގެ ގައުމީ ކީޕަރު ކިރަން
ރާއްޖެ އައުމުގެ ކުރިން ނޭޕާލުން އޮމާނާ ދެކޮޅަށް މެޗެއް
ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ އައުމުގެ ކުރިން ނޭޕާލުން އޮމާނާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން ހަމަ ޖެހިއްޖެއެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހު މާލޭގައި ފަށާ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލުގެ ފުރަތަމަ މެޗުގައި ނުކުންނާނީ މުބާރާތް ފަށާ ދުވަހުގެ ރޭ ރާއްޖެއާ ދެކޮޅަށެވެ. މި މުބާރާތަށް ތައްޔާރުވުމަށް ނޭޕާލުން މިހާރު ތިބީ ރާއްޖެއެކޭ އެއް ގޮތަކަށް ގަތަރުގައި ކޭމްޕުކޮށްގެނެވެ. 

ގަތަރު ކޭމްޕުގައި ނޭޕާލުން މިހާރުވެސް އެއް މެޗު ކުޅެފިއެވެ. މި މެޗުގައި ގަތަރުގެ ކްލަބަކާ ދެކޮޅަށް ކުޅުނު އިރު މާލެ އައުމުގެ ކުރިން ފަހު މެޗުގައި ނުކުންނާނީ އޮމާނާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހުއެވެ.

ނޭޕާލުން އަންނަނީ މި ފަހަރުގެ ސާފު ޗެމްޕިއަންޝިޕަށް ވަރަށް ރަނގަޅަށް ތައްޔާރުވަމުންނެވެ. ނޭޕާލު ޓީމު ގަތަރުގައި ކޭމްޕު ކުރުމުގެ ކުރިން، އިންޑިޔާއާ ދެކޮޅަށްވެސްވަނީ އަމިއްލަ ގައުމުގައި ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި އިންޑިޔާއާ ނޭޕާލު އެއްވަރުވިއިރު ދެވަނަ މެޗުންވީ ބައްޔެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް