ads
އައްޑޫ ސިޓީ-
އަވަށި މަޝްވަރާ ކޮމެޓީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
އައްޑޫ ސިޓީ، އަވަށި މަޝްވަރާ ކޮމެޓީގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި އެވެ.

މިފަހަރު ހިތަދޫ، މަރަދޫ، ފޭދޫ އަދި ހުޅުދޫއިން އަވަށި މަޝްވަރާ ކޮމެޓީގައި ބައިވެރިވުމަށް ވަނީ ފުރުސަތު ހުޅުވާލަމެވެ. އައްޑޫ ސިޓީ ކައުންސިލްގެ 2021 ވަނަ އަހަރުގެ 22 ވަނަ ރަސްމީ ޖަލްސާއިން އައްޑޫ ސިޓީ ކައުންސިލްގެ އަވަށި މަޝްވަރާ ކޮމެޓީގެ އުސޫލު ވަނީ ފާސްކޮށްފައެވެ. 

އެ އުސޫލުގައިވާ ގޮތުގެމަތިން އަވަށި މަޝްވަރާ ކޮމެޓީތައް އައްޑޫގެ ކޮންމެ އަވަށެއްގައި އުފެއްދުމަށްޓަކައި، ކޮމެޓީގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެފަރާތެއް ނިސްބަތްވާ އަވަށެއްގެ އަވަށު އޮފީހަށް  ހުށަހެޅުއްވުމަށް އެސިޓީން އެދިފައިވެއެވެ. އަވަށި މަޝްވަރާ ކޮމެޓީތަކުގެ އުސޫލުގައިވާ ގޮތުން އަންނަނިވި ދާއިރާތަކަށް މެންބަރުން އައްޔަންކުރެވިދާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

އެގޮތުން ގަވަރނަންސް ދާއިރާ، އިގްތިސާދީ ދާއިރާ، ސިއްހަތާއި، ތައުލީމާއި، މުއާސަލާތާ ގުޅުން ހުރި ދާއިރާ، ތިމާވެއްޓާއި، ޔުޓިލިޓީސް އަދި އުމްރާނީ ތަރައްޤީއާ ގުޅުން ހުރި ދާއިރާ، ކުޅިވަރާއި ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާ ހިމެނެއެވެ.

އެހެންކަމުން، މަތީގައި ދެންނެވެނު ދާއިރާތަކުގައި މަސައްކަތްކުރާ އެއަވަށަކަށް ނިސްބަތްވާ ފަރާތަކުން ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު އެ އަވަށެއްގެ އަވަށު އޮފީހަށް 26 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން އެދެވެ.

އައްޑޫ ސިޓީގައި އޮންނަނީ ހަ އަވަށެވެ. އެއީ ހިތަދޫ، މަރަދޫ، މަރަދޫފޭފޫ، ފޭދޫ، މީދޫ އަދި ހުޅުދޫއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް