ads
ސަލްމާން ހާން——
ބިގްބޮސްގެ މިފަހަރުގެ ސީޒަން ހުށަހަޅާދެވޭނީ ބޮޑު މަތިކުރީމަ: ސަލްމާން
ބިގް ބޮސްގެ ނަމުގައި 2006ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ ރިއާލިޓީ ޝޯގެ 14 ސީޒަން މިހާތަނަށް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފަައިވާއިރު މިއީ މުޅި ދުނިޔޭގަައިވެސަ މަޝްހޫރު ޝޯއެކެވެ.

މި ޝޯގެ 15 ވަނަ ސީޒަން ފެށުމުގެ ކުރިން މިފަހަރު  ޝޯގެ ޑިޖިޓަލް ވާޝަންގެ ގޮތުގައި ބިގްބޮސް އޯޓީޓީ ނަމުގައި ހަ ހަފްތާއަށް ކުރިއަށްދާ ޝޯއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. 

މި ޝޯގެ ފިނާލެ މިމަހުގެ 19ވަނަ ދުވަހު ނިމިގެންދިޔައިރު ޝޯގެ ތަށި އުފުލާލާފައިވަނީ ދިވްޔާ އަގަރްވާލް އެވެ. 

މިއަށްފަހު ދެން ފެށޭނީ ސަލްމާން ހާން ހޯސްޓްކުރާ ބިގްބޮސް އެވެ. ކޮންމެ އަހަރަކު ބިގްބޮސް ޝޯ އަށް ބެލުންތެރިން އެންމެ އިންތިޒާރުކުރާ ސަބަބަކީވެސް މި ޝޯ ސަލްމާން ހޯސްޓު ކުރާތީ އެވެ. 

މިފަހަރުގެ ސީޒަން ޕްރިމިއަ ނައިޓުގައި ވީޑިއޯ ކޯލް މެދުވެރިކޮށް ޓީމުގެ މެމްބަރުންނާއި ވާހަކަދައްކަމުން އޭނާ ވަނީ އޭނާގެ ސެލަރީ ބޮޑުކޮށްދިނުމަށް އެދިފައެވެ.

އޭނާގެ ސެލަރީ ބޮޑުކޮށްދިނުމަށް އެދޭ ސަބަބަކަށް އޭނާ ބުނީ ބަލަންޖެހޭ އާއިލާގެ މީހުންނާއި ކުޑަކުދިންވެސް ތިބުމާއި އެމީހުންގެ ޑިމާންޑްސްތައްވެސް ފުރިހަމަ ކޮށްދެން ޖެހޭތީ ކަމަށެވެ.

ރިޕޯޓުތަށް ބުނާ ގޮތުން މިފަހަރުގެ ސީޒަން ހޯސްޓުކުރުމަށް އޭނާ 14 ވީކަށް 350 ކަރޯޑް ރުޕީސް ޗާޖުކުރާނެއެވެ.

ސީޒަން 4 އަކުން ފެށިގެން ސީޒަން 6 ކާއި ހަމަޔަށް ސަލްމާން އެ ޝޯ ހޯސްޓުކޮށްދެމުންދިޔައީ 2.5 ކަރޯޑް ރުޕީސް އަށެވެ. އެޔަށްފަހު ހަތަވަނަ ސީޒަންގައި އޭނާ ހޯސްޓުކޮށްދިނީ އެޕިސޯޑެއް 13 ކަރޯޑަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. 

އަދި މިއަހަރު އެޕިސޯޑަކަށް 25 ކަރޯޑް އޭނާ ޗާޖުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއާއެކު އޭނާ ވާނީ ރިއާލިޓީ ޝޯއެއްގެ އެންމެ ހައިއެސްޓު ޕެއިޑް ހޯސްޓަށެވެ.

38%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް