ads
ރައީސް މައުމޫން އަބްދުލް ގައްޔޫމް އެމްއާރުއެމްގެ ޒައީމް ކަމަށް ކުރިމަތިލެއްވުމަށް ފޯމް ހުށަހަޅަނީ- ފޮޓޯ: ރައީސް މައުމޫން ޓްވިޓާ
އެމްއާރްއެމްގެ ރައީސް ކަމަށް ފާރިސް އެކަނި، ޒައީމް ކަމަށް ރައީސް މައުމޫން
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ފުރަތަމަ ނޭޝަނަލް ކޮންގްރެސްގައި އިންތިހާބު ކުރާ އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވީ ފާރިސް މައުމޫން އެކަނި ކަމަށް އެ ޕާޓީން ބުނެފި އެވެ.

ކޮންގްރެސްގެ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމުން އެ ޕާޓީން މިއަދު ވަނީ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ފައިނަލް ލިސްޓް އާންމުކޮށްފައެވެ.

ޖުމްލަ 12 މަގާމަކަށް ހުޅުވާލިއިރު، "އެމްއާރްއެމްގެ ޒައީމް" ގެ ނަމުގައި ބޭފުޅަކު އިންތިހާބު ކުރުމަށް އުފެއްދި މަގާމަށް ކުރިމަތިލެއްވީ އެމްއާރްއެމްގެ ބާނީ ރައީސް މައުމޫނެވެ.

ނާއިބު ރައީސް ކަމަށް ދެ ބޭފުޅަކު އެޕާޓީން އިންތިހާބު ކުރާނެ އެވެ. ނަަމަވެސް އެއީ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެކެވެ. އެމަގާމަށް ކުރިމަތިލެއްވީ ނާދިރާ އާއި ޝަޒައިލް އަދި ޝިމާޒް އެވެ. އެހެން ކަމުން ނާދިރާއާވެސް އިތުރު ބޭފުޅަކު ވާދަ ނުކުރާނެ އެވެ.

މީގެ އިތުރުން އެގްޒެކްޓިވް ކޮމެޓީގެ މެންބަރު ކަމަށް ދިހަ ފިރިހެނުންނާއި ދިހަ އަންހެނުން އިންތިހާބު ކުރާނެއެވެ.

އެޕާޓީގެ ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ޒުވާނުންގެ ކައުންސިލްގެ ނާއިބު ރައީސް ކަމަށާއި އެ ކައުންސިލަށް އިތުރު 30 މެންބަރުން އިންތިހާބު ކުރާއިރު އެއީ 15 ފިރިހެނުންނާއި 15 އަންހެނުންނެވެ. އަދި އަންހެނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ނާއިބު ރައީސް ކަމަށާއި އަންހެނުންގެ ކައުންސިލަށް 20 މެންބަރުން ހޮވުމަށް ވެސް އެޕާޓީން ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން އިންތިހާބު ކޮމެޓީ އާއި ސުލޫކު ކޮމެޓީ އާއި އިސްތިއުނާފު ކޮމެޓީއަށް ކޮންމެ ކޮމެޓީއަކަށް ފަސް މެންބަރުން އިންތިހާބު ކުރާނެ އެވެ. އެ ކޮމެޓީތަކަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރާ އަދަދަށެވެ.

އަންނަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއާރްއެމްގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަންގައި އިންތިހާބު ކުރާ މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތަކީ އެމްއާރްއެމްގެ ދަފްތަރުގައި ހިމެނޭ މެންބަރަކަށް ވުމެވެ. އަދި ޒުވާނުންގެ ކައުންސިލަށް ކުރިމަތިލާ މެންބަރެއް ނަމަ 30 އަހަރު ފުރިހަމަވެގެން ނުވާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް