ads
ތައިމޫރު އޭނާގެ ބޭބީ ސިޓާއާއިއެކު
ތައިމޫރުގެ ބޭބީ ސިޓާގެ ސެލަރީ އިގޭތަ؟
މަޝްހޫރް ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ކަރީނާ ކަޕޫރް ހާން އަދި ސައިޕް އަލީ ހާންގެ ފުރަތަމަ ދަރިފުޅު ތައިމޫރްްއަކީ މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނު ކުއްޖެކެވެ.

އުފަންވީންސުރެ މީޑިއާގެ ކަޅި ހުއްޓިފައިވާ ބޮލީވުޑްގެ އެންމެ މަޝްހޫރް ސްޓާ ކިޑަކީ ތައިމޫރު އެވެ.

ތައިމޫރުގެ މަންމަ އާއި ބައްޕަގެ ފޭން ބޭސްގެ ގިނަ މީހުންނަކީ މިހާރު ތައިމޫރްގެ ވެސް ފޭނުންނެވެ. އޭނާގެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ ނަމަ އެ ފޮޓޯއަކަށް ނުވަތަ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓެ އެވެ. 

ތައިމޫރުގެ ބޭބީ ސިޓައެއްގެ ގޮތުގައި ހުންނަ މީހާގެ ސެލަރީ އާއި ބެހޭ ގޮތުން ފެތުރިފައިވާ ވާހަކަތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ވައިރަލް ވަމުންނެވެ.

އެގޮތުން އޭނާއަށް 1.15 ލައްކަ ރުޕީސް މަހެއްގެ މައްޗަށް ލިބޭ ކަމަށް ރިޕޯޓުތައް ދަނީ ބުނަމުންނެވެ.

އެހެންނަމަވެސް މިކަމާއި ބެހޭ ގޮތުން އިންޓަވިއުއެއްގައި ކަރީނާ އާއި ސުވާލު ކުރުމުން އެކަމަށް ސާފު ޖަވާބެއްްދީފައެއް ނުވެެެއެވެ.

ކަރީނާއާއި ސައިފަށް މިހާރު ވަނީ އިތުރު ކުއްޖަކުވެސް ލިބިފައެވެ. ޖެހް އަށް ވެސް މީޑިއާގެ ސަމާލުކަން ދަނީ ވަރަށް ބޮޑަށް ލިބެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް