ads
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުން މިއަދު ހެނދުނު ވަނީ ފެށިފައި
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިފި
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

އެމްޑީޕީގެ އެތެރޭގެ އެންމެ ބޮޑު އިންތިހާބުގެ ވޯޓުލުން ފަށައިފައި ވަނީ މިއަދު 9:00 ގައެވެ. ހަވީރު 5:00 އާއި ހަމައަށް ވޯޓުލުން ކުރިއަށްދާނެ އެވެ.

އެ ޕާޓީއިން މިހާރު ވަނީ އިންތިހާބުގެ ކަންކަމާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވައިލާފަ އެވެ.

މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފަ އެވެ

ވޯޓުލުން މިއަދު ކުރިއަށް ނުދާނީ ހަމައެކަނި ތ. ގުރައިދޫ ދާއިރާގަ އެވެ. އެއީ އެދާއިރާގައި ހިމެނޭ ބައެއް ރަށްރަށުގައި ކޮވިޑްގެ ހާލަތު މާ ގޯސްވުމުން ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ. އެ ދާއިރާގައި ވޯޓުލުން ބާއްވާނެ ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

އެ ޕާޓީގެ ޗެއާޕާސަން ހަސަން ހަތީފް މީގެ ކުރިން ވިދާޅުވެފައި ވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ މެމްބަރުން ވޯޓުލާން ނިކުތް މިންވަރަށް ވުރެ ގިނަ މެމްބަރުން މިފަހަރު ވޯޓުލާން ނިކުންނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް