ads
ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗެއްގައި ލިލީ
ފަހު ވަގުތު ލިލީ އަނެއްކާވެސް ގައުމީ ޓީމުން ބާކީވެއްޖެ
އަހްމަދު ޢަބްދުﷲ ލިލީ އަދި އިތުރު ބައެއް ކުޅުންތެރިން ބާކީކޮށް، ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ގައުމީ ޓީމުގެ ފައިނަލް ސައުވީސް ކުޅުންތެރިން އިއުލާންކޮށްފިއެވެ. ލިލީ ހިމެނޭ ގޮތަށް ޖުމްލަ ފަސް ކުޅުންތެރިން ޓީމުން ބާކީކުރިއެވެ.

ފަހަތަށް ކުޅޭ ލިލީ އަކީ ކުރިން ގައުމީ ޓީމުގެ ރެގިއުލަރ ކުޅުންތެރިއެއްނަމަވެސް ދެހާސް ސަތާރަވަނަ އަހަރަށް ފަހު ގައުމީ ސްކޮޑުން ލިލީއަށް ފުރުސަތު ލިބުނީ މި ފަހަރުއެވެ. އެހެންނަމަވެސް، ގަތަރު ކޭމްޕަށް ފަހު ކުޅުންތެރިން މަދުކުރިއިރު، އަނެއްކާވެސް ލިލީ ކެޓީއެވެ. ލިލީވަނީ ދާދި ފަހުން މާލޭގައި ކުޅުނު އޭއެފްސީ ކަޕް ގްރޫޕް ޑީގެ މެޗުތަކުގައި މާޒިޔާއަށް ކުޅެފައެވެ.

ލިލީއާ އެކު، ފައިނަލް ސްކޮޑުން ފުރުސަތު ނުލިބުނު ކުޅުންތެރިންނަކީ، މޫސާ ޔާމީން، އަލީ ޝާމިސް، ހަސަން ނަޒީމް އަދި ޔަސްފާދު ހަބީބުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގަތަރުގައި ތިބި ޓީމު ހޯމަ ދުވަހު މާލެ އަންނާނެއެވެ. ސާފް ޗެމްޕިއަންޝިޕުގައި ދިވެހި ޓީމުން ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. 

ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ގައުމީ ޓީމް:

ގޯލް ކީޕަރުން: 

މުހައްމަދު ޝަފީއު

މުހައްމަދު ފައިސަލް

އަލީ ނާޖިހު

ޑިފެންޑަރުން: 

ސަމޫހު އަލީ

އަހުމަދު ނޫމާން

ހުސެއިން ޝިފާއު

ހައިޝަމް ހަސަން

އަކުރަމް އަބްދުލް ގަނީ

ގާސިމް ސައްމާމް

މިޑްފީލްޑަރުން: 

އަސްހަދު އަލީ

އިބްރާހިމް އައިސަމް

ހުސެއިން ނިހާން

މުހައްމަދު އުމެއިރު

އިސްމާއިލް އީސާ

ހަމްޒާ މުހައްމަދު

އިބްރާހީމް ޙަސަން

ފޯވާޑުން: 

އިބްރާހިމް މަހުދީ

ނާއިޒު ހަސަން

އަސަދުﷲ އަބްދުﷲ

ހަސަން ރާއިފް އަހުމަދު

މުހައްމަދު ނާއިމް

އަލީ ހައިޝަމް

އަލީ ފާސިރު

އަލީ އަޝްފާގު

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް