ads
ހުޅުމާލޭ
ފިޔަވަތީގައި ތިބޭ ކުދީންނަށް ފުރާޅަށް ނޭރޭ ގޮތަށް އިމާރާތަށް ބަދަލު ގެނެސްފި
ފިޔަވަތީގައި ތިބޭ ކުދީންނަށް ފުރާޅަށް ނޭރޭ ގޮތަށް އިމާރާތަށް ބަދަލު ގެނެސްފި އެވެ.

މިބަދަލުތައް ގެނެސްފައިވަނީ މިމަހުގެ 17 ވަނަދުވަހުގެ ރޭ ފިޔަވަތީގައި ކުދިންތަކެއް ފުރާޅަށް އަރައި ހަމަ ނުޖެހުންތަކެއް ހިންގިފަހުންނެވެ. ފިޔަވަތީގައި މައްސަލަތައް ގިނަވެ އެރޭ އެ އިމާރާތުގައި ވަނީ ރޯވެސް ކޮށްލާފައެވެ.

އެތާނގައި އަލިފާން ރޯކޮށްލައިފައިވަނީ، ބައެއް ކުދިން ބޭރަށް ނުކުމެ ފުރާޅު މައްޗަށް އަރައި ނުކިޔަމަންތެރިކަން ދައްކާތާ 24 ގަޑިއިރު ފަހުންނެވެ.

އެކަމަކު އަލިފާންގަނޑު ނުފެތުރެނީސް، އެތަނުގެ މުވައްޒަފުން ވަނީ ނިއްވާލައިފަ އެވެ. އަދި އެކަން ސިފައިންގެ ފަޔާ އެންޑް ރެސްކިޔު އަށް ރިޕޯޓް ކޮށްފައި ވާތީ، ފަޔާ ޓްރަކެއް ވަގުތުން އެތަނަށް ވަނީ ގޮސްފައެވެ. އޭގެ ކުރިން ދެ ފަހަރެއްގެ މަތިން އެތަން ވަނީ ރޯކޮށްލާފައެވެ. 

ހައެއްކަ ކުދިން ފިޔަވަތީގެ ފުރާޅުމައްޗަށް އެރިއެވެ. އޭގެ ތެރޭގައި ވަރަށް ހަގު އުމުރުގެ ކުދިން ވެސް ހިމެނެ އެވެ. 

އެތަނުގައި ތިބި ކުދިންތަކަކަށް އަނިޔާ ކުރި މައްސަލައެއް ވެސް ފެތުރުނެވެ. އެކަމަކު ފިޔަވަތީގައި ތިބި ކުޑަކުދިންނަށް އެތަނުގެ މުވައްޒިފުން އަނިޔާކުރި ކަމެއް ބުނެ ފެންމަތިވެފައިވާ ވާހަކަތައް ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން މިމަހުގެ 8 ވަނަދުވަހު ވަނީ ދޮގުކޮށްފަ އެވެ. 

7 ވަނަދުވަހުގެ ރޭ ފިޔަވަތީގައި ހިންގި ހާދިސާއާ ގުޅިގެން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިޔަވަތީގައި އެއްވެސް ކުއްޖަކަށް އަނިޔާކޮށްފައިނުވާ ކަމަށާއި ފެތުރެމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް