ads
ރުބީނާ އާއި އަބިނަވް
ރުބީނާގެ ދެމަފިރިން ރާއްޖޭގައި!
އިންޑިއާގެ ޓީވީ އިންޑަސްޓްރީން ބޮޑު ކާމިޔާބީތައް ހޯދަމުން އަންނަ ތަރި ރުބީނާ ދިލައިކާއާއި އޭނާގެ ފިރިމީހާ އަބިނަވް ޝްކުލާ ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

"ޗޯޓީ ބަހޫ"، "ޝަކްތީ" ހިންދީ ޑްރާމާތަކުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދުމަށްފަހު ރުބީނާ ވަނީ "ބިގް ބޮސް 14" ވެސް ކާމިޔާބު ކޮށްފައެވެ. ރުބީނާގެ އިތުރުން އަބިނަވް އަކީވެސް ޓީވީ އިންޑަސްޓްރީން ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނަ ތަރިއެކެވެ. މީގެ އިތުރުން "ބިގް ބޮސް 14" ގައި ރުބީނާ އާއި އެކު ފިރިމީހާ އަބިނަވް ވެސް ވަނީ ފެނިގެން ގޮސްފައެވެ.

މި ދެތަރިން އެކުގައި ޗުއްޓީ ހޭދަކުރަމުން ދަނީ ވައްކަރު ރިސޯޓުގައެވެ. މި ދެތަރިންގެ އިންސްޓަގްރާމް އެކައުންޓްގައި ވަނީ ވައްކަރު ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކާއި، ވީޑިއޯތައް ހިއްސާކޮއްފައެވެ.

ޓީވީ އިންޑަސްޓްރީން ބޮޑެތި ކާމިޔާބީއެއް ހޯދުމަށްފަހު މި ދެތަރިންވެސް އަންނަނީ ބޮލީވުޑުގައިވެސް މިހާރު މަސައްކަތް ކުރަމުންނެވެ. އަބިނަވް ވަނީ މީގެ ކުރިންވެސް ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމް "އަރުދު"  ވެގެންދާނީ ބޮލީވުޑުގައި ރުބީނާ ކުރާ ފުރަތަމަ މަސައްކަތަށެވެ. 

ބެލެވޭ ގޮތުގައި މި ދަތުރަކީ ޗުއްޓީ ހޭދަކުރުމުގެ އިތުރުން އަބިނަވްގެ އުފަންދުވަސްވެސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖެއަށް ކުރި ދަތުރެކެވެ. ސެޕްޓެމްބަރު 27 ވަނަ ދުވަހަކީ އަބިނަވްގެ އުފަންދުވަސް ކަމަށް ވާއިރު މި ދަތުރުގެ ތެރެއިން ރުބީނާ ވަނީ އަބިނަވްގެ އުފަންދުވަސްވެސް ރާއްޖޭގައި ދެތަރިން އެކުގައި ސެލެބްރޭޓް ކޮއްފައެވެ.

 

މި ދެ ތަރިން އެކުގައި ބިގް ބޮސް 14 ގައި ބައިވެރި ވިއިރު، ދެ ތަރިންގެ ކައިވެނި އޮތީ ރޫޅޭވަރުވެފައި ކަމަށް ބިގް ބޮސްގައި ވާހަކަ ދައްކަމުން ރުބީނާ ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން ބިގް ބޮސްގައި ދެ ތަރިން އެކުގައި ބައިވެރި ނުވިނަމަ 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި އެ ދެ ތަރިންގެ ކައިވެނި ރޫޅުނީސް ކަމަށްވެސް ރުބީނާ ވަނީ ބިގް ބޮސްގައި ވާހަކަ ދައްކަމުން ބުނެފައެވެ. 

މި ދެ ތަރިންގެ ކައިވެނި ކުރެވުނީ 2018 ވަނަ އަހަރު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް