"ސްޓޫޑެންޓް އޮފް ދަ އިޔަ 2" އިން ބޮލީވުޑަށް ތައާރަފްވި ތާރާ ސުތަރިއާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

Advertisement
"ސްޓޫޑެންޓް އޮފް ދަ އިޔަ 2" އިން ބޮލީވުޑަށް ތައާރަފްވި ތާރާ ސުތަރިއާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
އިންސްޓަގުރާމު މެދުވެރިކޮށް ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ތާރާ ހިއްސާކުރަމުން އަންނައިރު އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ހެރިޓެންސް އާރަހް ރިސޯޓުގައެވެ.
ތާރާއަކީ ލަވަކިޔުންތެރިއެއް އަދި ނެށުންތެރިއެއް ވެސް މެއެވެ. އޭނާ ވަނީ ތާރޭ ޒަމީން ޕަރް އާއި ގުޒާރިޝް އަދި ޑޭވިޑް ފަދަ ފިލްމުތަކަށް ލަވަކިޔާފަ އެވެ.
އޭނާގެ ފުރަތަމަ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔަ 2" ނެރެފައި ވަނީ މި ދިޔައަހަރުގެ މެއި މަހު 10 ވަނަ ދުވަހު އެވެ. އެ ފިލްމުގައި ތާރާއާ އެކު އަނަންޔާ ޕާންޑޭ އަދި ޓައިގާ ޝްރޮފް ވެސް ވަނީ ފެނިފަ އެވެ.
ތާރާ އެންމެ ފަހުން ފެނިގެން ދިޔައީ "މަރްޖާންވާން" އިންނެވެ. އެ ފިލްމުގައި އޭނާއާ އެކު ފެނިގެންދާނީ ސިދާތު މަލްހޯތުރާ އެވެ.
ބޮޑު ތަރުހީބެއް ފިލްމަށް ލިބުނުއިރު ތާރާއަށް އަންނަނީ ފިލްމުތަކުން ގިނަ ފުރުސަތު ތަކެއް ލިބެމުންނެވެ.