ads
ބަންގްލަދޭޝް ޓީމްގެ ސަޕޯޓަރުން
ބަންގްލަދޭޝް ޓީމުގެ ސަޕޯޓަރުން މާލޭގެ މަގުތަކުގައި އުފާފާޅުކުރަނީ
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުން ސްރީލަންކާ ބަލިކޮށް، ބަންގްލަދޭޝް ޓީމުގެ ސަޕޯޓަރުން މާލޭގެ މަގުތަކުގައި އުފާފާޅުކުރަން ފަށައިފިއެވެ.

މިއަދު ހަވީރު ކުޅުނު، މުބާރާތުގައި ފުރަތަމަ މެޗުން ބަންގްލަދޭޝް މޮޅުވީ މިއަދު ހަވީރު ސްރީލަންކާއާ ބައްދަލުކޮށް 1-0 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 56 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ބަންގްލަދޭޝް ޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޓޯޕޫ ބާމަނެވެ.

ބަންގްލަދޭޝް އިން ރަނގަޅު ކުޅުމެއް ދެއްކިމިމެޗުގައިލީޑު ފުޅާކޮށްލަން ވެސް އެޓީމަށް ދެވަނަ ހާފްގައި ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ.

މި މެޗު ބެލުމަށް ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނޑަށް ވަދެ ޓީމަށް ވަނީ ސަޕޯޓު ކޮށްފައެވެ. އަދި މެޗުން މޮޅުވުމުން ބަންގްލަދޭޝްގެ ސަޕޯޓަރުން މިހާރު އަންނަނީ އެގައުމުގެ ދިދައާއެކު މާލޭގެ މަގުތަކުގައި އުފާފާޅުކުރަމުންނެވެ.

މި މުބާރާތުގެ 2003 ވަނަ އަހަރުގެތަށި އުފުލާލާފައި ވަނީ ވެސް ބަންގްލަދޭޝް ޓީމެވެ.

ލީގު އުސޫލުން ކުޅޭ މި މުބާރާތުގައި ބަންގްލަދޭޝްމެޗެއް ދެން އޮތީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެމެޗް އޮންނާނީ އިންޑިޔާއާ ދެކޮޅަށެވެ. ހަމަ އެ ދުވަހުގެރޭ ލަންކާ ބައްދަލުކުރާނީ ނޭޕާލް އާއެވެ.

 މިރޭގެ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި ނޭޕާލް އެވެ. މި މެޗު ފެށުމުގެ ކުރިން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް