ފުރަތަމަ ދުވަސްވަރު ދެމީހުންވެސް އެކަންތައް ސިއްރުކުރި ނަމަވެސް ފަހުން ދެމީހުންވެސް ވަނީ އިންސްޓަގްރާމް ސްޓޭޓްމެންޓެއްގައި އެކަން އިިއުލާންކޮށްފަ އެވެ.
ދެން އެންމެ ހަލުވި ކަމާއެކު ސޯޝަލް މީޑިއާގައި އެބުރުނު ހަބަރަކީ ސަމަންތާ އަކިނެކީ އާއިލާ އަތުން 200 ކްރޯޑް ރުޕީސް އިއްދައިގެ ނަގަން ބޭނުންވި ވާހަކަ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ސަމަންތާ 200 ކްރޯޑް ރުޕީސްއަަށް އެދުމުން އަކިނޭކީ އާއިލާއިން ވަނީ އެ ފައިސާ ހަމަޖައްސާފައެވެ.
ނަމަވެސް ފަހު ވަގުތު ސަމަންތާ ވަނީ އޭނާ އެ ފައިސާ ބޭނުން ނުވާކަމަށާއި އޭނާ އަކީ އަމިއްލައަށް އެހެން މީހުންގެ ފައިސާ ބޭނުން ނުކޮށް އުޅެވޭ ވަރުގެ މިނިވަން އަންހެނެއް ކަމަށް ބުނެފައެވެ.
ސަމަންތާ އާއި ޗެއިތަންޔާ ވަކިވިކަން އިއުލާން ކުރުމާއެކު އެމީހުންގެ ގިނަ ފޭނުންނަށް ވަނީ ކުއްލި ސިހުމަކާއެކު ހިތްދަތި ކަމެއް ގެނުވާފަ އެވެ.