އަންގަދު ބެދީ އާއި ނެހާ އަށް ދެވަނަ ދަރިއަކު ލިބިފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.
ހޯމަ ދުވަހު ދަރިއަކު ލިބުނުކަން ނެހާ ހާމަކުރުމުން ފޭނުން އަންނަނީ އޭނާ މަރުހަބާގެ މެސެޖުތައް ފޮނުވަމުންނެވެ.
ނޭހާ އާއި އަންގަދު ކައިވެނި ކުރީ 2018 ވަނަ އަހަރު ކުރީކޮޅު އެވެ، އަދި ފުރަތަމަ ދަރި މެހެރް ލިބިފައިވަނީވެސް 2018 ވަނަ އަހަރުއެވެ.
ދެވަނަ ދަރިފުޅަށް ބަނޑުބޮޑުކަން އެނގުނީ ނޭހާގެ ފިރިމީހާ އަންގަދް ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދުވަސްކޮޅުކަމަށް ހިންދުސްތާން ޓައިމްސް އަށް މައުލޫމާތު ދެމުން ނޭހާ ވަނީ ބުނެފައެވެ. އެހެންކަމުން އެ ދުވަސްކޮޅަކީ ވަރަށްވެސް ހިތްދަތި އުނދަގޫ ދުވަސްކޮޅެއް ކަމަށް ނޭހާ ވަނީ ބުނެފައެވެ.