ads
މަޖިލީހުގެ ޢާންމު ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރަން އިއްޔެ ބޭއްވި ބައްދަލުވުން——
މަޖިލިސް މެމްބަރުން ކޮންޓްރޯލެއް ނެތި ވީއައިޕީ ބޭނުންކުރޭ!
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކޮންޓުރޯލެއް ނެތި ވީއައިޕީ ހިދުމަތް ބޭނުންކުރާތީ، ވީއައިޕީން އެންމެ ގިނަ ދަތުރުކުރެއްވި މެމްބަރުންގެ މައުލޫމާތު ހޯދަން ނިންމައިފި އެވެ.
Advertisement

މެމްބަރުންގެ ދަތުރުތަކުގެ ތަފްސީލް ހޯދަން އެދިވަޑައިގަތީ ފުނަދޫ ދާއިރާގެ މެމްބަރު ޝާހިދެވެ. އޭނާ އެދިވަޑައިގަތީ 18 ވަނަ މަޖިލީހާއި މި ހިނގާ 19 ވަނަ މަޖިލީހުގައި މިހާތަނަށް ވީއައިޕީން އެންމެ ގިނަ ދަތުރުކުރެއްވި 10 މެމްބަރުންގެ މައުލޫމާތު ހޯއްދަވައިދެއްވުމަށާއި އެ މެމްބަރުންގެ އަރިހުގައި ކިހާ މީހުންނެއް ދަތުރުކުރެއްވިތޯ އަދި އަހަރަކަށް ހޭދަވި ވަރުވެސް ސާފުކޮށްދެއްވުމަށެވެ. 

އޭނާ މިގޮތަށް އެދިވަޑައިގަތީ މަޖިލިސް މެންބަރަކާއެކު ފުރަން ދާ ރަށްޓެހިންނަށް ވެސް ވީއައިޕީ ލައުންޖުން މަޖިލީހުގެ ހަރަދުގައި ހިދުމަތް ލިބޭ ގޮތަަށް ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމެޓީން ނިންމި ނިންމުން ރިވިއުކުރަން އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ.

އެކަމާއި ގުޅިގެން ބޭއްވި ބައްދަލުވުމުގައި މެމްބަރުންގެ ދަތުރުތަކުގެ ތަފްސީލް ހޯދަން ހުށަހަޅަމުން މެމްބަރު ޝާހިދު ވިދާޅުވީ މަޖިލީހުގައި ހޭދަވީ ދެ އަހަރު، އޭނާ ވީއައިޕީ ބޭނުންކުރެއްވީ އަމިއްލަ އެންމެ ދަތުރެއްގައި ކަމަށެވެ. 

18 ވަނަ މަޖިލީހުގައި މެމްބަރުން ކޮންޓްރޯލެއްނެތި ވީއައިޕީ ބޭނުންކޮށްފައިވޭ

އެބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުވައްމުލަކު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވަނީ މެމްބަރުންގެ ދަތުރަށް ބަޖެޓު ކޯޑުގައި ހިމަނާފައިވާ ތަފްސީލް ހޯއްދެވުމަށް ހުށަަހަޅާފައެވެ. އޭނާ ވިދާޅުވީ 18 ވަނަ މަޖިލީހުގައި ކޮންޓްރޯލެއް ނެތި ވީއައިޕީ ބޭނުންކުރަމުން ދިޔަ ކަމަށެވެ.

"ހަމަ ޔަގީނުން ވެސް އަޅުގަނޑަށް ފާހަގަވާ ކަމަކީ 18 ވަނަ މަޖިލީހުގައި ކޮންޓްރޯލެއް ނެތި ވީއައިޕީ ބޭނުންކުރަމުން ދިޔަ ކަން. އެބަ ތިބި ބައެއް މެމްބަރުންގެ ދަނބިދަރިން އެ މީހުންގެ ރައްޓެހިންނާ އެކުގައި ވެސް ގޮސް ވަދެ. އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް މި މައްސަލަގައި އިންސާފުވެރިކޮށް ގޮތެއް ނިންމޭނެ ކަމަށް އަޅުގަނޑަށް ދެކެނީ."ވިދާޅުވިއެވެ.

މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ، މަޖިލިސް މެންބަރަކާއެކު ފުރަން ދާ ރަށްޓެހިންނަށް ވެސް ވީއައިޕީ ލައުންޖުން މަޖިލީހުގެ ހަރަދުގައި ހިދުމަތް ލިބޭ ގޮތަަށް ގިނަ މެމްބަރުން ތާއީދު ކުރެއްވީ އަރިހުގައި އާއިލާގެ ބޭފުޅުން ދަތުރުކުރައްވަން ވެސް ޖެހޭތީ ކަމަށެވެ. 

އެ ނިންމުން ރިވިއުކޮށްދޭން އެދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކޮމެޓީއަށް ހުށަހަޅެއްވި ސިޓީ ފުޅުގައި ވަނީ މެމްބަރުންގެ ދަތުރުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ ކޯޑަށް އިތުރު ބުރައެއްވާ ގޮތަށް ހުޅުވާލައިފި ނަމަ ވާ ހޭދަ އަންދާޒާ ކުރަން ވެސް ދަތި ކަމަށާއި، އޭގެ އަސަރު މެމްބަރުންގެ ރަސްމީ ދަތުރުތަކާއި ތަމްރީންތަކަށް އަދި ކޮމިޓީތަކުގެ ދަތުރުތަކަށް ވެސް ކުރާނެ ކަން ފާހަގަކޮށްފައެވެ. އަދި މެމްބަރަކު އެދިވަޑައިގެންފި ނަމަ އަރިހުގައި ދަތުރުކުރައްވާ ފަރާތަކަށް 60 ޑޮލަރުގެ މަގުން ވީއައިޕީގެ ހިދުމަތް މިހާރުވެސް ހަމަޖައްސައިދެމުން އަންނަ ކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެޓީގެ މުގައްރިރު ހަސަން ލަތީފް ވަނީ ބަޖެޓަށް ހަރަދު ބޮޑުވާ ގޮތަށް ވީއައިޕީ ހިދުމަތް ބޭނުންކުރަން ތާއިދުނުކުރައްވާކަން ފާހަގަކުރައްވާ މެމްބަރުން އެދިވަޑައިގެންނެވި ގޮތަށް މަޖިލީހުގެ އިދާރާ އިން އެ މައުލޫމާތު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ މެންބަރުންނަށް ދެވޭނެ ހިދުމަތްތައް ދިރާސާކޮށް ގޮތް ނިންމުގެ ބާރު މަތިކޮށްފައިވާ އާންމު ކޮމިޓީން މިދިޔަ މަހުގެ 22ވަަނަ ދުވަހު ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމުގައި ވަނީ މެންބަރުންނަށާއި އެ މެންބަރެއްގެ އާއިލާއަށް މިހާރު ލިބޭ ލައުންޖުގެ ހިދުމަތުގެ އިތުރުން، އެ މެންބަރަކު ހިޔާރުކުރާ އިތުރު ދެ މީހަކަށް އެ ހިދުމަތް ލިބޭ ގޮތަަށް ނިންމާ ފާސްކޮށްފައެވެ. 

އެގޮތަށް ނިންމާފައިވަނީ އެއްބަނޑު އެއްބަފާ މީހަކާ އެއްކޮށް ދަތުރުކުރާއިރު ވެސް ވަކިން ދާން ޖެހޭތީ ބައެއް މެންބަރުންގެ ޝަކުވާ ކޮމިޓީއަށް ލިބިފައިވާތީ އެވެ. ނަމަވެސް އެކަމަށް އާއްމުންގެ ބޮޑެތި ފާޑުކިޔުންތަކެެއް ވަނީ އަމާޒުވެފައެވެ. 

ކުރިން އޮންނަ ގޮތުން މެންބަރަކާއި އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭނެ އެވެ. މި އުސޫލުގެ ދަށުން މެންބަރުންނަށް ދޭ ވީއައިޕީ ލައުންޖުގެ ހިދުމަތަށް ބިލު ކުރާނީ މަޖިލީހަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް